ދ.އަތޮޅު މީދޫ ވިލާ ވެލި ދޯނީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 3 މީހަކު ވަރަށް ބޮޑަށް ފިހި ފަރުވާދޭން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މ.ކޮޅުފުށީގެ 26 މޭލު ބޭރުން "ވިލާ ވެލި" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ޕެޓްރޯލް ހަމެއްގައި އަލިފާން ރޯވެ އެކަކު ޒަހަމް ވުމާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓް ގާޑް ސްކޮޑްއިން ހަރަކާތްތެރިވަމުންނެވެ.
މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 9 ޖަހާކަން ހާއިރު ކަމަށާއި، ދޯނީގައި ރޯވި އަލިފާން މިހާރު ނިއްވާލާފައިކަމަށެވެ. އަލިފާން ނިއްވާލާފައިވަނީ ދޯނީގެ ފަޅުވެރިންކަމަށް އެމްއެންޑިއެފްއިން ހާމަކުރެއެވެ. ޒަހަމްވި 3 މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި، ބިދޭސީ މީހެކެވެ. މިމީހުން މިހާރު ސީއެމްބިއުލާންސުގައި ދަނީ މ.މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ