ރައީސް ޔާމިންގެ ދޮށީ ފޮރިހެން ދަރިފުޅު ޒެއިން ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ސާޖަރީއެއް ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވެއްޓި ޒައިންއަށް އަނިޔާ ލިބިފައިވަނީ މީގެ ދެތިން ދުވަސް ކުރިންނެވެ. ގޭތެރެއަށް ޒައިން ވެއްޓިފައި އޮއްވާ ފެނިގެން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ މޭކަށިގަޑަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އޭނާ ވެއްޓެން މެދުވެރިވީ ކޮން ސަބަބަކާ ހެދިކަމެއް މުޅިން ސާފު ވެފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާ ވެއްޓިފައިވަނީ ފިޓް ޖެހިގެންކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. ވެއްޓެން މެދުވެރިވީ ސަބަބެއް ޒައިންގެ ހަނދާނުގައި ނެތްކަމަށް ވެއެވެ.
ވެއްޓިގެން ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ސަޖަރީ ކުރުމަށްފަހު އަދިވެސް އޮތޯ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. އަދި ހާލު މިހާރު ރަގަޅުވަމުން އަންނަކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ކޮމެންޓު ފޮނުވާ