ހަމާސް ޖަމާއަތުން ޣައްޒާގައި ރަހީނު ކޮށްފައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ތެރެއިން މަދުވެގެން 50 މީހުން މިނިވަން ކުރުމަށް އިސްރާއީލާއި ހަމާސް ޖަމާއަތުން އެއްވަސް ވެއްޖެއެވެ. ހަމާސް ޖަމާއަތާއި އިސްރާއީލުން އެއްބަސް ވެފައިވަނީ، 4 ދުވަހުގެ މުއްދަތަް ހަނގުރާމަ ހުއްޓާލުމުގެ އިތުރުން ހަމާސް ޖަމާއަތުން ހައްޔަރު ކޮށްފައިވާ ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތުން 50 ރަހީނަކު ހަމާސް ޖަމާއަތުން މިނިވަން ކުރުމަށެވެ. އަދި އޭގެ އިތުރުން ހަމާސް ޖަމާއަތުން މިނިވަންކުރާ ކޮންމެ ރަހީނަކަށް، އިސްރާއީލުގެ ޖަލުގައި ހައްޔަރު ކޮށްފައިވާ ފަލަސްތީނުގެ 3 މީހަކު މިނިވަން ކުރުމަށެވެ. އެ ގޮތުން މި އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ޖަލުގައި ހައްޔަރު ކޮށްފައިވާ ފަލަސްތީނުގެ 150 މީހުން މިނިވަން ވެގެން ދާނެއެވެ.
މި އެއްބަސްވުމަށްފަހު ރަހީނުން މިނިވަން ކުރުމަށް ކުރެވު މަޝްވަރާތަކުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ ގަތަރުން ބުނެފައިވަނީ އިސްރާއީލާއި ހަމާސް އާ ދެމެދު ކާމިޔާބު އެއްބަސްވުމަކަށް އާދެވިފައިވާ ކަމުގައެވެ.
އިޒްރޭލުގެ ކެބިނެޓުން ރުހުން ދިނުމުގެ މައްޗަށް ބިނާކޮށް، އެމެރިކާ އާއި މިސްރު ހިމެނޭ ގޮތަށް ހަފުތާތަކެއް ވަންދެން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު އެކުލަވާލި މި އެއްބަސްވުމަކީ އިސްރާއީލުން ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރިތާ ގާތްގަނޑަކަށް ހަތް ހަފުތާ ފަހުން ލިބުނު ކާމިޔާބީއެކެވެ.
ޤަތަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ ގިނަ އަންހެނުންނާއި ކުޑަކުދިންގެ ބަދަލުގައި ހަމާސްއިން ރަހީނުކޮށްފައިވާ ބައެއް މީހުން ދޫކޮށްލާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމުގެ މަސައްކަތް ފަށާނެ ކަން އިއުލާނު ކުރާނެ ކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.
ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ 150 ގައިދީން ދޫކޮށްލުމާއި ޣައްޒާއަށް އެހީއާއި ސިއްހީ ސާމާނާއި ތެޔޮ ހިފައިގެން އެތައް ސަތޭކަ ޓްރަކްތަކެއް ވަނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އިޒްރޭލު ޑިފެންސް ފޯސަސް (އައިޑީއެފް)ގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ޖޮނަތަން ކޮންރިކަސް ވިދާޅުވީ މިނިވަންވާ އެ އެންމެންނަކީ ވެސް އިޒްރޭލުގެ މީހުން ކަމަށާއި ނަމަވެސް ބައެއް މީހުންނަކީ ދެ ގައުމުގެ ރައްޔިތުކަން އޮތް ކަމަށެވެ. ކަމަށެވެ. މި އެއްބަސްވުން އިއުލާނު ކުރެއްވުމަށްފަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން އެމެރިކާގެ އިތުރު މީހުން އަނބުރާ ގައުމަށް ގެންނަން ޖެހޭ ކަމަށެވެ.
އިސްރާއީލުން ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ހަނގުރާމަ ހުއްޓާލަނީ ވަގުތީގޮތުން ކަމަށާއި، އެ މުއްދަތު ހަމަވާއިރަށް އަނެއްކާވެސް ހަނގުރާމަ ފަށާނެ ކަމަށެވެ.
One Response
ޜުޑިޔާ ކަލޭމެން ޖެހޭނީ ގޮރުބޯން