އެމްޑީޕީގެ ހުސްވެފައިވާ، ޕާލެމެންޓްރީ ގުރޫޕުގެ ލީޑަރުކަމަށް އަލިފުށި ދާއިރާގެ މެމްބަރު ބިގޭ އިންތިޚާބު ކޮށްފިއެވެ.
ބިގޭ ޕީޖީ ލީޑަރުކަމަށް އިންތިޚާބު ކޮށްފައިވަނީ މިއަދު ހަވީރު ބޭއްވުނު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ އިންތިޚާބުގައެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރުމަށް ކުރިމަށްލުމަށް ހުޅުވާލުމުން، މިއަދު 18ވަނަ ދުވަހަށް މުއްދަތު ހަމަވިއިރު ކުރިމަތިލީ 3 ބޭފުޅެކެވެ.
އެމެމްބަރުންނަކީ:
1. މުޙައްމަދު ރަޝީދު ޙުސައިން – އަލިފުށި ދާއިރާ
2. ޢަބްދުލް ޣަނީ ޢަބްދުލްޙަކީމް – ކުރެންދޫ ދާއިރާ
3. ޢަބްދުﷲ ޖާބިރު – ކާށިދޫ ދާއިރާ
އެމްޑީޕީގެ ޕީޖީ ލީޑަރު ހޮވުމަށް ބޭއްވި އިންތިހާބުގައި ބިގޭ އަށް ލިބިވަޑައިގަތީ 28 ވޯޓެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ކާށިދޫ މެމްބަރު އަބްދުﷲ ޖާބިރަށް ލިބިވަޑައިގަތީ 20 ވޯޓެވެ. އަދި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ލިބިވަޑައިގަތީ ހަތަރު ވޯޓެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަމުގެ މަގާމު ހުސްވެފައިވަނީ އެމަގާމުގައި ކުރިން ހުންނެވި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް މަގާމުން އިސްތިއުފާ ދުއްވުމާއި ގުޅިގެންނެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ މަޖިލިހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެންނެވެ. އަސްލަމް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރުކަމުން އިސްތިއުފާ ދެއްވުމުން، މަޖިލިހުގެ މެޖޯރިޓީ ލީޑަރު ކަމުގެ މަގާމު ވެސް ވަނީ ގެއްލިފައެވެ.
ކޮމެންޓު ފޮނުވާ