ކުޅެލަން ބޭނުން ވަނީ ސޯލޯ އެކްޝަން ފިލްމްއެއް: ކަރީނާ

ކުޅެލަން ބޭނުން ވަނީ ސޯލޯ އެކްޝަން ފިލްމްއެއް: ކަރީނާ

ގުޅުންހުރި

ސޯލޯ އެކްޝަން ފިލްމް އެއް ކުޅެލަން ބޭނުން ކަމަށާއި އެފަދަ ފުރުސަތަކަށް މަގުފަހި ވެގެންދާނެ ކަމުގެ އުންމީދާއި އިންތިޒާރުގައި ހުރި ކަމަށް ބަތަލާ ކެޓްރީނާ ކައިފް ބުނެފިއެވެ.

ސަލްމާން ޚާނާ އެކީ އޭނަ ވަރުގަދަ އެކްޝަން ރޯލެއް ކުޅެމުން އަންނަ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު މިހާރު ސިނަމާ ފަތަހަ ކުރަމުން އަންނަ އިރުގައި މީޑިއާ އާއި ވާހަކަ ދައްކަމުން ކެޓްރީނާ ބުނީ ސޯލޯ އެކްޝަން ފިލްމަކާ ބެހޭ ގޮތުން މީގެ ކުރިން އޭނަ އާއި ބައެއް ޑައިރެކްޓަރުން ދެމެދު ވާހަކަތަކެއް ވެސް ދެކެވުނު ކަމަށެވެ.

ނަމަވެސް އެފަދަ ޕްރޮޖެކްޓެއް އަދި ކުޅެލަން ނުލިބޭ ކަމަށް އޭނާ ވަނީ ބުނެފައިއެވެ. ނަމަވެސް މިހާރު އޭނާ އެންމެ ބޭނުން ވަނީ އެކްޝަން ސޯލޯ ފިލްމް އެއް ކުޅެލަން ކަމަށެވެ. އަދި އެފަދަ ފުރުސަތެއް ފަހި ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ވާހަކަ ދައްކަމުން އެކްޓަރު ވިކީ ކޯޝަލްގެ އަންހެނުން ބުނީ ކުރިން އޭނަ އެކީގައި މަސައްކަތްކުރި ބައެއް ޑައިރެކްޓަރުންނާ އެކީ އަލުން މަސައްކަތް ކުރަން ވެސް ބޭނުންވާ ކަމަށެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

ކެޓްރީނާ އަކީ ބޮލީވުޑްއަށް ކާމިޔާބު ފިލްމް ތަކެއް ދީފައިވާ ބަތަލާއެކެވެ. މިހާރު ސިނަމާގައި އޮތް އޭނާގެ "ޓައިގާ 3″ އަކީ އެކަމުގެ އެއް ހެއްކެވެ. މި ފިލްމް އަނަނަނީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދަމުންނެވެ. އަދި ހަމަ އެއާއި އެކުގައި މި ފިލްމް އަކީ ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ވެސް ހޯދަމުން އަންނަ ފިލްމްއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ