ސާރާ ފިލްމް ގެ ޕޯސްޓަރު ދައްކައިލައިފި

ސާރާ ފިލްމް ގެ ޕޯސްޓަރު ދައްކައިލައިފި

Author
ފާތިމަތު ނާވީ
22 ނޮވެމްބަރ 2023 07:30
0

ޒުވާން ބަތަލާ ސާރާ އަލީ ހާން ގެ ކުރިއަށް އޮތް ފިލްމް "އޭ ވަތަން…މޭރޭ ވަތަން" ގެ ފުރަތަމަ ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.

މި ފިލްމް އަކީ ވަަނީ ފިލްމްއެކެވެ. މި ފިލްމްގެ ޕޯސްޓަރު ދައްކައިލި އިރުގައި ސާރާ ފެނިގެން ދަނީ ވަރަށް ވެސް ތަފާތު ގޮތަކަށެވެ. މީ މިފަދަ ފިލްމްއެއްގައި ސާރާ މަސައްކަތް ކުރާ ފުރަތަމަ ފަހަރުވެސް މެއެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި އެމެޒޯން ޕްރައިމް ވީޑިއޯ ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމުގެ ޕޯސްޓަރު ދައްކައިލީ ގޯއާގައި މިހާރު ކުރިއަށްދާ 54 ވަނަ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އޮފް އިންޑިއާ (އައިއެފްއެފްއައި) ގަ އެވެ.

 

View this post on Instagram

 

A post shared by Sara Ali Khan (@saraalikhan95)

"އޭ ވަތަން…މޭރޭ ވަތަން" ގެ ޑައިރެކްޓަރަކީ ކަންނާން އައްޔަރެވެ. އޭނަ އަކީ 2013 ގެ ސުޕަނެޗްރަލް ތުރިލާ "އޭކް ތީ ޑާޔަން" ގެނެސްދިން ޑައިރެކްޓަރެވެ. ނަމަވެސް ފިލްމް ޕްރިމިއާ ކުރާނެ ތާރީހެއް އަދި އިއުލާން އެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.