ކަރަން ވީރަށް ބޮހްރާ ޝޫޓިންގ ގެ ތެރެއިން އަނިޔާވެއްޖެއެވެ. އޭނާ އަށް އަނިޔާވީ ސްޓާ ބާރަތް އިން ގެނެސްދޭ ސީރީޒް "ސޯބަގްޔަވަތީ ބަވާ"ގެ ޝޫޓިންގެ ތެރެއިންނެވެ. މި ޑްރާމާގައި އޭނާ ފެނިގެންދަނި ލީޑު އެއް ތަރީގެ ގޮތުގައިއެވެ.
އިންޑިއާގެ މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުގައި ވާގޮތުގައި ކަރަންވީރަށް އަނިޔާވީ ބާރު ސްޕީޑްގައި ދުވަން ޖެހޭ މަންޒަރެއް ކުޅުމުގެ ތެރޭގައި ކައްސާލައި ވެއްޓިގެންނެވެ.
އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަރަންވީރު ބުނީ އެ މަންޒަރަކީ އެ ޑްރާމާގައި އޭނާގެ ދަރިފުޅު ސަލާމަތްކުރަން ޖެހޭ މަންޒަރެއް ކަމަށެވެ. އެހެން ކަމުން އޭނާ ޝޫޓިންގެ ތެރެއަށް ގެއްލުނު ވަރުން އެހެން ކަމަކަށް ފަރުވާ ނުބެހެއްޓުނީ ކަމަށެވެ.
ކަރަން އަށް އަނިޔާ ވެފައިވަނީ ކަކުލަށެވެ. އެ ކަކުލަކީ މިގެ ކުރިންވެސް އަނިޔާ ވެފައިވާ ކަކުލެއް ކަމަށް އޭނާ ވަނީ ބުނެފައިއެވެ. އެއީ "ބިގް ބޮސް" ގައި އޭނާ ވާދަކުރި އިރުގައިއެވެ. އިތުރަށް އޭނާ ބުނީ ވެއްޓުނު އިރު އޭނާގެ އަންހެނުން ވެސް ހުރިކަމަށެވެ.
"ސޯބަގްޔަވަތީ ބަވާ" އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޑްރާމާ އެކެވެ. ގިނަ ބެލުންތެރިން ގެ މެދުގައި މި ޑްރާމާ ވަރަށް މަގުބޫލުއެވެ.
ކޮމެންޓު ފޮނުވާ