މަޝްހޫރު ވިޔަފާރަވެރިޔާ އަސްލަމް ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރައްވަނީ

މަޝްހޫރު ވިޔަފާރަވެރިޔާ އަސްލަމް ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރައްވަނީ

Author
ހުސެއިން
22 ނޮވެމްބަރ 2023 09:23
0

ފުވައްމުލަކަށް އުފަން މަޝްހޫރު ވިޔަފާރަވެރިޔާ މުހައްމަދު އަސްލަ ކުރިޔަށް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓަށް ވާދަކުރަން ނިންމައިފިއެވެ. އޭނާ ވާދަކުރައްވަން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ތ. ކިނބިދޫ ދައިރާއަށެވެ.

މަޖިލިހުގެ ޕީޕީއެމް/ޕިއެންސީގެ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާކަން އިއުލާން ކުރައްވަމުން ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ ތ. ކިނބިދޫ ދާއިރާ ރައްޔިތުންގެ މަޖުލީހުގެ ޕީޕީއެމް/ޕީއެންސީ ޓިކެޓަށް ވާދަކުރައްވަން އޭނޭ ނިއްމެވީ އެދާއިރާ ރަށްތަކުގެ ފޮނި އުއްމީދުތަކާއި ހުވަފެންތައް މިސަރުކާރާ ގުޅިގެން ހަޤީގަތައް ހަދައި ދެވޭނެކަމުގެ ފުރިހަމަ ޔަޤީން ކަމާއި ފުރިހަމަ އިތުބާރު އޮތަތީވެ ކަމުގައެވެ.

އަދި އޭނާ ވިދާޅުވެފައިވަނީ އޭނާއަކީ އަމަލީ މަސައްކަތުގެ ތަރުޖިބާއި ފަންނު ހުރިމީ މީހަކައްވާތީވެ، އަބަދުވެސް އޭނާ އިސްކުރާނީ ގައުމުގެ މަސްލަހަތު ކަމަށާއި، އިއްވާނީ ދާއިރާ ރައްޔިތުންގެ އަޑު ކަމަށެވެ. އަދި އޭނާ އަބަދުވެސް ދެމިހުންނާނީ ދާއިރާގެ ރައްޔިތުންނާ އެކީކަމަށް ވިދާޅުވަމުން އޭނާވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ދެއްވުމަށް ދާއިރާގެ ރައްޔިތުންގެ ކިބައި އެދިފައެވެ.

އަސްލަމްއަކީ ޕީޕީއެމް ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި ވަރަށް އިސްދައުރެއް އަދާކޮށްފައިވާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.

އަސްލަމް ދާއިރާގެ ބައެއް ރައްޔިތުންނާ ބައްދަލު ކުރައްވަނީ

ކޮމެންޓު ފޮނުވާ

ކޮމެންޓު

K Kinbidhoo dhaairaa
Headline ves mulhin nubai. Emeehaa vaadhakuranee majilis primary ga adhi ticket dlibeyne kameyves neyge.
ކ ކިނބިދޫ ދާއިރާ
ފުރަތަމަވެސް ގޯސް. ވިޔަފާރިވެރިޔާ އަންނާނީ އޭނަގެ ވިޔަފާރި ފުޅާކުރަން، ކޮންމެހެން ދާއިރާގެ ކުރިއެރުމަށް މަސައްކަތް ކުރާކަށް ނޫން. މީނާ އަކީ ކިނބޮދޫ ދާއިރާއަށް އޭނަގެ އަމިއްލަ ވޯޓުވެސް ދެވޭ މީހެއް ނޫން. ކޮންމެވެސް އެހެންކަމަކާ އުޅެ.
ރ ރާކޭސް ރޯޝަން
މަސްހޫރު ވިޔަފާރިވެރިއެކޭ ؟ ކިތަންމެ މަސްހޫރަސް ވޯޓެއްނުލުބޭނެ. ފޯއްމުލަކައްދާންވީނު މަސްހޫރުކަން ދައްކަން.