ރ.ޔާމީނަށް އިންސާފުނުލިބި، އިސްތިއުފާނު ލަސްވުމަކީ ވަށްބޮޑު ބޭއިންސާފެއް: ޑރ.ޝަހީމް

ރ.ޔާމީނަށް އިންސާފުނުލިބި، އިސްތިއުފާނު ލަސްވުމަކީ ވަށްބޮޑު ބޭއިންސާފެއް: ޑރ.ޝަހީމް

Author
މުޙައްމަދު ޝަޒައިމް
12 ޑިސެމްބަރ 2020 09:21
0

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ނުލިބި، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު ލަސްވުމަކީ ވެވޭ ވަރަށްބޮޑު ބޭއިންސާފެއް ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނާއިމެދު ސަރުކާރުން އަމަލުކުރަމުންދާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށް ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައީ އަދުލު އިންސާފު ޤާއިމްކޮށް، ވައުދުވެގެން ކަމަށެވެ. ނަމަވެސް ވެފައިވާ ވައުދާއި އެއްގޮތަށް އިންސާފު ވެރިކަމާއިއެކު ކަންކަން ކުރެވޭތަން ނުފެންނަ ކަމަށާއި، ފެނިގެންދަނީ އިންސާފުން ބޭރުން ކަންކަން ކުރެވިގެންދާކަމަށެވެ.

އަދުލުވެރިކަމުގެ ވައުދު ފުއްދާނަމަ އެކަން ނަމޫނާ ގޮތެއްގައި ކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ ތިމާމެން ރުޅި އަންނަ މީހާއާއިމެދު އަދުލުވެރިކަން ގާއިމްކޮށްގެން ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. ނަމަވެސް ފެނިގެން ދަނީ ރައީސް ޔާމީނަށް ނާއިންސާފުން ކޮށްފައިވާ ހުކުމަށް އަހަރެއް ވެގެން ދިޔައިރުވެސް އެމަނިކުފާނަށް އާއިލާއި ބައްދަލުވެވޭނެ ގޮތް ތަނަވަށް ނުކޮށް، އިސްތިއުފާނުވެސް ލަސްކުރަމުންދާ މަންޒަރުކަމަށެވެ.

މަނީލޯންޑަރިންގެ މައްސަލާގައި 5 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން މިހާރުވެސް ތަންފީޒު ކުރަމުންދާއިރު، އެމައްސަލައިގެ އިސްތިއުނާފު އަޑު އެހުން ނިންމައި ހުކުމާއި ހަމަޔަށް ގޮސްފައިވީނަމަވެސް، މިހާތަނަށް އެމައްސަކައާއިމެދު ގޮތެއް ނިންމާފައިނުވެއެވެ. އަދި އިސްތިއުނާފުގެ ހުކުމް ނުކޮށް، މިހާރުވަނީ އެހެން ދެ މައްސަލައެއްގެ ޝަރީއަތްވެސް ކޯޓުގައި ފަށާފައެވެ. މިދެ މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލާގައި މިހާތަނަށް ކޮށްފައިވާ ހުކުމާއި، އަދި މިހާރު ކުރިއަށްދާ ޝަރީއަތުގައިވެސް ދައުލަތުން ފޯރުކޮށްދޭންޖެހޭ ލިޔެކިޔުން މިހާތަނަށްވެސް ސިއްރުކޮށް، ލިޔުންތައް ފޯރުކޮށް ނުދީ ކުރިއަށް ގެންދަނީ ވަރަށް ނާއިންސާފުން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.