"ސުކީ" މިހާރު ނެޓްފްލިކްސް އިން ބަލާލެވޭނެ

"ސުކީ" މިހާރު ނެޓްފްލިކްސް އިން ބަލާލެވޭނެ

Author
ފާތިމަތު ނާވީ
22 ނޮވެމްބަރ 2023 06:30
0

ބަތަލާ ޝިލްޕާ ޝެޓީގެ "ސުކީ" ހޮނިހިރު ދުވަހު ނެޓްފްލިކްސް އަށް ދޫކޮށްލައިފިއެވެ.

މި ފިލްމަކީ ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، ސޯނަލް ޖޯޝީ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. ގެވެހި އަންބެއްގެ ދިރިއުޅުމަށް ދިމާވާ ގޮންޖެހުންތަކާ އެކަންކަމުން އަރައިގަތުމަށް ކުރާ މަސައްކަތާއި އެއަށް ފަހު އޭނާ ގެ ދިރިއުޅުމަށް އަންނަ ތަފާތު މި ފިލްމުން ފެނިގެންދާނެއެވެ.

"ސުކީ" އިން ބޮޑު ކާސްޓެއް ފެންނާނެ އެވެ. އެކަމަކު މި ފިލްމް އިން މާ މަޝްހޫރު ތަރިންތަކެއް ފެނިގެންނެއް ނުދާނެއެވެ. "ސުކީ" ގައި ޝިލްޕާއާ އެކީ ފެންނާނެ އެންމެ ފާހަގަކޮށްލެވޭ އެކަކީ އަމިތު ސާދެވެ. މީގެ އިތުރުން މި ފިލްމްގެ ކާސްޓުގައި ހުޝީ ކަޕިލާ، ދިލްނާޒް އިރާނީ އާއި ނިތާޝީ ގޯއެލް އަދި ކިރަން ކުމާރު ހިމެނެއެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

 

ޝިލްޕާ އަކީ ކާމިޔާބު އެތަށް ފިލްމްތަކެއް ކުޅެފައިވާ ބަތަލާއެކެވެ. އޭގެތެރެއިންވެސް ފާހަގަ ކޮށްލެވޭ އެއް ފިލްމް އަކީ މީގެ 23 އަހަރު ކުރިން ރިލީޒްކުރި "ދަޅްކަން" އެވެ. އެންމެ ފަހުން ޝިލްޕާ ފެނިގެން ގޮސްފައިވަނީ "ނިކަންމާ" ކިޔާ ފިލްމް އަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.