މީ މޯދީ އެއް އަދި ޝާހު އެއްވެސް ނޫން

މީ މޯދީ އެއް އަދި ޝާހު އެއްވެސް ނޫން

Author
ފާތިމަތު ނާވީ
21 ނޮވެމްބަރ 2023 07:36
0

ބޮލީވުޑްގެ އެކްޓަރު ޝާހުރުކް ހާން އާއި ވައްތަރު އިބްރަހިމް ގާދިރީ އާއި އެގައުމުގެ ބޮޑޫ ވަޒީރު ނަރެންދުރަ މޯދީ އާއި ވައްތަރު މީހެއް ވާހަކަ ދައްކަން ތިންބައި ނަގަފައިވާ ވީޑިއޯ ކޮޅަކަށް ބޮޑު ސަމާލު ކަމެއް ލިބިއްޖެއެވެ.

މި ވީޑިއޯ ކޮޅު ގައި އެދެމީހުން ގޮޑިއެއްގައި އިށީނދެގެން އިނދެ ދެމީހުން ދިއައީ ވާހަކަ ދައްކަމުންނެވެ. ދެމީހުންވެސް ދިއައީ އެކްޓު ކުރަމުންނެވެ. މި ވީޑީއޯ ކޮޅުން އެއީ އަސްލު ނޫން ކަމަށް ބުނުމަކީ ވަރަށް އުދަގޫ ކަމެކެވެ. ސަބަބަކީ މި ވީޑިއޯގައި އެމީހުން އަސްލާ ވަރަށް އެއްގޮތް ކަމެވެ.

މޯދީ އާއި ވައްތަރު މީހާ ވެސް މޯދީގެ ހަރަކާތްތަށް ހުންނާނެ ފަދަ ގޮތަކަށް އެކްޓު ކުރަމުން ދާއިރުގައި ގާދިރީވެސް ވަނީ ޝާހުގެ ބައެއް ހަރަކާތަތަށް ކޮށް އެކްޓުކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

ސޯޝަލް މީޑިއާގައި ޝާހު ހެދިގެން އުޅޭ ގާދިރީ އަންނަނީ ޝާހުގެ ނަކަލު ކޮށް އޭނާގެ ލަވަތަކަށް އެކްޓުކޮށް ވީޑިއޯ ކުރަމުންނެވެ. އޭނާ އަކީ ސޯޝަލް މީޑިއާގައި ވަރަށް މަގުބޫލު މީހެއްވެސް މެއެވެ. އިންސްޓަގްރާމްގައި އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު 1 މިލިއަން އަށް އަރައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.