ބޮލީވުޑްގެ ތަރިން ބެކަމް އާއި އެކުގައި

ބޮލީވުޑްގެ ތަރިން ބެކަމް އާއި އެކުގައި

Author
ފާތިމަތު ނާވީ
20 ނޮވެމްބަރ 2023 03:57
0

އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް، މި ވަގުތު ހުރީ އިންޑިއާގަ އެވެ. އޭނަގެ އިންޑިއާ މި ދަތުރަކީ މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑް ކަޕްގެ މެޗްތަކެއް ބަލާލަން ކުރާ ދަތުރެކެވެ.

މި ދަތުރުގައި މެޗުތަށް ބެލުމުގެ އިތުރުން އޭނާ އަންނަނީ ބޮލީވުޑްގެ ފަންނާނުންނާއި ބާއްދަލުވެސް ކުރަމުންނެވެ. އެއާއި އެކުގައި ތަރިންނާއި އެކުގައި ބެކަމް ަގައިފާިއވާ ފޮޓޯތަކުން ތަރިންގެ ސޯޝަލް މީޑިއާ ވަނީ ފުރައިލައިފައިއެވެ.

 

View this post on Instagram

 

A post shared by Malaika Arora (@malaikaaroraofficial)

އޭގެ ތެރޭގައި ސޯނަމްގެ ބައްޕަ އަނިލް ކަޕޫރާއި ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ ރާޖްޕުތު އަދި މަަލައިކާ އަރޯރާ ފަދަ ތަރިން ހިމެނެ އެވެ. އަދި މި ނޫންވެސް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ބެކަމް އާއި އެކުގައި ފޮޓޯ ނަގައިފައިއެވެ.

މީގެ އިތުރުން ބެކަމް ވަނީ ބޮލީވުޑްގެ ދެތަރިއެއްގެ ގެއަށް ދެރެއެއްގެ މަތިން ރޭގަނޑު ކެއުމަށް އިންސާފު ކުރުމަށް ޒިއާރަތް ވެސް ކޮށްފައިއެވެ. ބެކަމް އިންޑިއާއަށް ޒިއާރަތް ކުރި ފުރަތަމަ ފަހަރު ބޮލީވުޑް އިން އޭނާ އަށް މިވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.