ރައްޔިތުންގެ މަޖިލިހުގައި މިހާތަނަށް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ އަދަދު 5 އަށް ތިރިވެއްޖެއެވެ.
މަޖިލިހުގައި މި ދެ ޕާޓީގެ މެމްބަރުންގެ އަދަދު 5 އަށް ތިރިވީ އަލަށް އުފެދުނު ސަރުކާރުގެ ވަޒީރުންގެ މަޖިލިހަށް ދެޕާޓީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެމްބަރުން ދިއުމާއި ގުޅިގެންނެވެ.
އާ ސަރުކާރު ހުވާ ކުރުމަށްފަހު ބާއްވާ ފުރަތަމަ މަޖިލިސް ޖަލްސާ މިއަދު ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ މަޖިލީހުން ހަ މެންބަރުން އިސްތިއުފާ ދެއްވި ކަމަށް ރަސްމީކޮށް އިއުލާން ކުރައްވައިފައެވެ.
އެ މެމްބަރުންނަކީ:
1. ނައިބު ރައީސްގެ މަގާމުގައި މިހާރު ހުންނެވި ފަރެސްމާތޮޑާ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ޕީޕީއެމް)
2. ފިޝަރީޒް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ނައިފަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ޝިޔާމް (ޕީޕީއެމް)
3. ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ތ. ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު ގައްސާން މައުމޫން (ޕީޕީއެމް)
4. ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ލޯކަލް މިހާރުގެ ލޯކަލް ގަވަނަންސްގެ މިނިސްޓަރަކަށް
5. މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، މިހާރުގެ އިކޮނޮމިކް މިނިސްޓަރ (ޕީއެންސީ)
ޕީޕީއެމް ނިސްބަތްވާގޮތަށް މަޖިލީހުގައި ބާކީ މިހާރު ތިއްބެވީ ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގްއެވެ. ޕީއެންސީގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމާއި ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު އެކަންޏެވެ.
ރައްޔިތުންގެ މަޖިލިހުގައި މެޖޯރިޓީ ޕާޓީއަކީ އަދިވެސް އެމްޑީޕީއެވެ. މައިނީރިޓީ ޕާޓީއަކީ ޑިމޮކްރެޓްސްއެވެ.
ކޮމެންޓު ފޮނުވާ