މާބަނޑު ބުޅަލަށް ވަޅިހެރި މީހާ ބުނަނީ ވީޑިއޯއަކީ ފޭކެއް ކަމަށް

މާބަނޑު ބުޅަލަށް ވަޅިހެރި މީހާ ބުނަނީ ވީޑިއޯއަކީ ފޭކެއް ކަމަށް

Author
ހުސެއިން
19 ނޮވެމްބަރ 2023 07:26
0

މާލޭގެ މަގުމަތީގައި އޮތް މާބނޑު ބުޅަލަކަށް ވަޅި ހަރަނިކޮށް ނަގާފައިވާ ވީޑިއޯއަކީ އެޑިތް ކޮށްފައި އޮތް ވީޑިއޯއެއްކަމަށް ވަޅިހަރަނިކޮށް ވީޑިއޯއިން ފެންނަ މީހާ ކުރިމިނަލް ކޯޓުގައި ބުނެފިއެވެ.

މާލޭ މަގުމަތިން މާބނޑު ބުޅަލެއްގެ ބަނޑަށް ވަޅި ހެރި މީހަ ފުލުހުން ހައްޔަރު ކޮށްފައިވަނީ މީގެ 6 ދުވަސް ކުރިންނެވެ..

މާލޭގެ މަގެއްގެ ދުވާރުމަތީގައި އޮތް ބުޅަލެއްގެ ބަނޑަށް ވަޅި ހެރި މީހާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ފިރިހެން މީހާ މަގުމަތިން ދަމުން އެ ބުޅާ ފެނިގެން އެސޮރުގެ ކައިރިއަށް ގޮސް ހުއްޓި އޭގެ ކައިރި އަށް ތިރިވެ، ޖީބުން ކުޑަ ވަޅިއެއް ނަގައި އޭގެ ބަނޑަށް ހަރާ ތަން ފެނެއެވެ.

އެއާއެކު، ބުޅާ ދުއްވައިގަންނަ ތަން ވީޑިއޯ އިން ފެނެއެވެ.

އޭގެ އިރުކޮޅެއް ފަހުން ފުލުހުން ވަނީ އެ މީހާ ހައްޔަރުކޮށްގެން ގެންގޮސްފައެވެ. އެހެންނަމަވެސް ފުލުހުންވަނީ އޭނާ ފަހުން ދޫކޮށްލާފައެވެ.

ނަމަވެސް އަނެއްކާވެސް ރޭގެ ވަގުތެއްގައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ޖަނަވާރަކަށް އަނިޔާވެރި އަމަލު ހިންގި ކަމުގެ ތުހުމަތެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަމީ މ. ކޮޅުފުށި/ޖަވާހިރުވާދީ އަހްމަދު ނަސީމް، 45، އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ، ކުށްކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރެފައި އޭނާ ދޫކޮށްލާފައި ހުރެއްޖެ ނަމަ މުޖުތަމައުގެ ސަލާމަތަަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އޭނާ ކޯޓުގައި ބުނެފައިވަނީ އެފަދަ ވޯޑިއޯއަކީ ކޮންމެ މީހަކަށްވެސް ހެދިދާނެ އެއްޗެއް ކަމަށެވެ.

އޭނާ ވަޅިހެރި ބުޅާ ފަހުން ވަނީ މަރުވެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.