ބޮޑު މަރާމާތަށްފަހު ޒަމާނީކުރި މާފަންނު ގަޑިބުރު މިރޭ ހުޅުވަނީ

ބޮޑު މަރާމާތަށްފަހު ޒަމާނީކުރި މާފަންނު ގަޑިބުރު މިރޭ ހުޅުވަނީ

Author
ހުސެއިން
18 ނޮވެމްބަރ 2023 07:08
0

މާލޭގައި ހުރި ޒަމާންވީ މަޝްހޫރު ބިނާއެއް ކަމަށްވާ މާފަންނު ގަޑިބުރު ބޮޑު މަރާމާތަކަށްފަހު މިރޭ ހުޅުވާގޮތަށް ހަމަޖައްސައިފިއެވެ.

ގަޑިބުރު ހުޅުއްވާ ދެއްވާނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. ގަޑި ބުރު އަލުން ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ.

ގަޑި ބުރު އަލުން މަރާމާތު ކޮށްފައިވަނީ ކާނަލް ނާޒިމްގެ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް، (އާރް.ސީ.ސީ) އިންނެވެ. ގަޑިބުރު މިހާރު މުޅިން ނިމިފައިވާއިރު އަލުން ޑިޒައިން ކޮށްފައިވަނީ އިސްލާމީވަންތަކަން ރަމްޒުވާ ގޮތަށެވެ. ގަޑު ބުރުގައި ވަނީ ހަތަރު ފަރާތުން ބޮޑު ގަޑި ފެންނަހެން ބަހައްޓާފައެވެ.

މިގަޑިއަކީ ސްރީ ލަންކާއިން ހަދިޔާ ކޮށްފައިވާ ގަޑިއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.