އައްޑޫ ސިޓީގެ ހިތަދޫ ކައިރީގައި އޮންނ ފަޅު ރަށަކަށް ދަތުރުދިޔަ ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. ކުއްލި ގޮތަކަށް މަރުވެފައިވަނީ ހިތަދޫއަށް އުފަން އަހުމަދު މުހައްމަދު، 28، އެވެ.
މައުލުމާތު އެނގިހުރި މީހަކު "ޚަބަރު އޮންލައިން" އަށް މައުލޫމާތު ދިން ގޮތުގައި އެ ޒުވާނާ އެއްރުއްހެރާ ނަމަކަށް ކިޔާ ފަޅު ރަށަކަށް ގޮސް ހުއްޓާ ކުއްލިއަކަށް ވެއްޓުނީއެވެ. އެފަހަރު ވެއްޓުމުގެ ދިޔައި ތަކެތި ދީގެން ރަގަޅު ވިކަމަށާއި، އެހެންނަމަވެސް އިރުކޮޅަކުން ވެއްޓުނު ކަމަށެވެ. ދެން އޭނާ ޓެންޓު ކައިރިއަށް ގެންދިއިރު އޭނާގެ ވިންދު ހުރިކަމަށްވެސް މައުލޫމާތު އެނގިހުރި ފަރާތުން ބުނެފައި ވެއެވެ.
ދެން އަވަރަށް ކޯސްޓުގާޑަށް ގުޅައިގެން އޭނާ ފޭދޫ ހެލްތު ސެންޓަރަށް ގެންދިޔަ ނަމަވެސް، ނިޔާވީ ހެލްތު ސެންޓަރަށް ގެންދިޔަ ފަހުންކަމަށްވެސް ބުނެފައި ވެއެވެ.
ފުލުހުން ބުނީ ހިތަދޫ ކައިރި އޮންނަ ފަޅު ރަށެއް ކަމަށްވާ އެއްރުއްހުރާ އަށް ދަތުރު ގޮސް އުޅުނު މީހަކު ހާލު ދެރަވެގެން ކޯސްޓްގާޑުގެ އެހީތެރިކަން ފޯރުކޮށްދީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 1 ޖަހާކަންހާއިރު އެވެ.
ފުލުހުންދަނީ މިހާދިސާ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ