ރާއްޖޭގެ އިގްތިސާދަށް މިވަނީ ކުއްލި އަވަސް ފަރުވާއެއް ބޭނުން ވެފަ: ރައީސް މުއިއްޒު

ރާއްޖޭގެ އިގްތިސާދަށް މިވަނީ ކުއްލި އަވަސް ފަރުވާއެއް ބޭނުން ވެފަ: ރައީސް މުއިއްޒު

Author
ހުސެއިން
17 ނޮވެމްބަރ 2023 05:32
0

ރައްޖޭގެ އިގްތިސާދަށް ކުއްލި އަވަސް ފަރުވާއެއް ބޭނުންވެފައިވާ ކަމަށާއި ރާއްޖެއަށް އާމްދަނީ ހޯދޭނެ އަވަސް މަގުތަކެއް ބޭނުން ވެފައިވާ ކަމުގައި ރާއްޖޭގެ ރައީސްކަމުގެ ހުވާ މިއަދު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއެޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ޖުމުހޫރިއްޔާގެ 8 ވަނަ ރައީސްކަމުގެ ހުވާ މިއަދު ޖުމުހޫރީ މައިދާނުގައި ކުރެއްވުމަށްފަހުއެވެ.

ރައީސް އާއި ނާއިބު ރައީސް ހުވާކުރެއްވުމަށް މިއަދު ޖުމުހޫރީ މައިދާނުގައި ބޭއްވުނު މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖެއަށް އަވަސް އާމްދަނީ ލިބޭނެ މަގު ފަހި ކުރުމަށްޓަކާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ނިންމުން އަވަސް ކުރައްވާނެ ކަމުގައެވެ.

އޭގެ ސަބަބުން ފަތުރުވެރިކަމަށް ވަރަށްބޮޑު ތިޔާގިކަމެއް އަންނާނެ. މިހާރު ރާއްޖެއަންނަ ފަތުރުވެރިންގެ އެތައް ގުނައަކަށް އިތުރު ފަތުރުވެރިން ރާއްޖެ އަންނާނެ. މީގެ އިތުރަށް ޚަރަދު ކުޑަކުރެވޭނެ އާގޮތްތައް އީޖާދު ކުރާނަން.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވިއެވެ،

އެގޮތުން ޑރ. މުއިއްޒު ވިދާޅުވީ އެއަރޕޯޓު އަވަހަށް ނިންމާލެވިއްޖެނަމަ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށްބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށްބޮޑު އިސްކަމެއް ދެއްވާނެ ކަމުގައެވެ. އަދި ފަތުރުވެރިކަމާއި ގުޅުންހުރި ޒަމާނީ އާގޮތްތައް ތައާރަފް ކުރާނެކަމުގައިވެސް އެކަނިކުފާނު ވިދާޅުވިއެވެ.

އޭގ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ގެދޮރުވެރިކަމުގެ ލުއިފަސޭހަތައްވެސް ހަމަޖައްސަވާދެއްވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، ޙުސައިން މުޙައްމަދު ލަޠީފް، މަޤާމުގެ ޤާނޫނީ ހުވައި ިއަދު ކުރައްވާފައިވަނީ މިކަމަށްޓަކައި މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވުނު ރައްޔިތުގައެވެ. ދެބޭފުޅުންނަށްވެސް ހުވާ ލައިދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.