ކަރީނާ އަކީ ބޮލީވުޑް އިންޑަސްޓަރީގައި މަޝްހޫރު ނަމެކެވެ. ކާމިޔާބު އެތަށް ފިލްމް އެއް ބޮލީވުޑަށް ދީފައިވާ އޭލިސްޓް ގެ ތަރިއެކެވެ. އޭނާގެ ހުނަރާއި ތީރި ކަމަކީ ދެބަސް ވެވޭ ވަރުގެ ކަމެއް ނޫނެވެ.
މިހާރު އެންމެ ޑިމާންޑް ބޮޑު ތަރިންގެ ލިސްޓުގައި އޭނާގެ ނަން އޮވެއެވެ. ފިލްމްއެއް ކާމިޔާބު ކުރުމަށް އޭނާއާއި އެކުގައި މަސައްކަތް ކުރަން ބޭނުންވާ ޑައިރެކްޓަރުން ގެ ސަފުތަށް ދިގެވެ. ކޮންމެއަކަށް ކެރިއަރުގެ ކުރީކޮޅުގައި ކަރީނާ އަކީ ބޮޑާ ހާކާ ތަރިއެއްގެ ގޮތުގައި މަޝްހޫރު ތަރިއެކެވެ.
އެހެން ތަރިންނާއި ޖައްސައި ލުމާއި ތިމާގެ މޮޅުކަން ދެއްކުމާއި އެހެން ތަރިންނަށް ޖެއްސުން ކުރުންވެސް އެއީ އޭނާ އޭރުގައި ކޮށްއުޅުނު ކަންކަމެވެ. އަދި ތަރިންނާއި ވާދަ ކުރުމަކީ އޭނާގެ އާދައެއް ކަމުގައި އޭރުގައި އޮތީ ވެފައިއެވެ.
ދަ ޑާޓީ މެގަޒިންއަށް ދިން އިންވިއުއެއްގައި ކަރީނާ ބުނީ ބޮލީވުޑްއަކީ މިއަދު ވަރަށް ވާދަވެރި ތަނެއް ކަމަށާއި މި ދުވަސްވަރު އޭނާ އެދާއިރާއަށް ތައާރަފްވި ނަމަ މާ ގިނަ ދުވަހު ނުހިފެހެއްޓުނީސް ކަމަށެވެ. އޭނާ ބުނީ އޭނާ އަށް ތަންކޮޅެއް ކުރިން ދާއިރާއަށް ނުކުމެވުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.
ކަރީނާ އިތުރަށް ބުނީ ބޮލީވުޑް މިހާރު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި މިހާރު ބޮލީވުޑްގައި އާ ކަންތައްތަކަށް ލޯހުޅުވި ގަބޫލު ކުރަން ފަށާފައިވާ ކަމަށެވެ. ކެރިއަރުގެ ކުރީކޮޅުގައި އުޅުނު ގޮތަށް މިހާރު އުޅެން ބޭނުން ނުވާ ކަމަށާއި އެއްވެސް ތަރިއަކާއ ވާދަ ނުކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.
މީގެ 20 އަހަރު ކުރިން ބޮލީވުޑަށް ނުކުތް ކަރީނާއަކީ އޭރު އެންމެ ވާދަވެރި ތަރިންގެ ތެރޭގައި ހިމެނޭ ތަރި އެކެވެ. އެކަމުގެ ތެރެއިން ބައެއް އެހެން ތަރިންނާ މައްސަލަވެސް ޖެހިފައިވެ އެވެ.
43 އަހަރުގެ ބަތަލާ އަކީ މިހާރުވެސް އަލަށް އިންޑަސްޓްރީއާއި ގުޅިފައިވާ ޒުވާން ބަތަލައިންނާއި އެއްސަފެއްގައި ފައިހަމަ ކުރާ ތަރިއެކެވެ. ދެކުދިންގެ މަންމަ އެންމެ ފަހުން ފެނިގެން ދިއައީ ސެޕްޓެމްބަރު މަހު ނެޓަފްލިކްސް އިން ގެނެސްދިން "ޖާނެ ޖާން" އިންނެވެ.