ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. މި ދަތުރު ގައި ޝިލްޕާ އާއި އެކުގައި އޭނާގެ ދަރިފުޅު ރާއްޖެ އައިސްފައި ވެއެވެ. ދެން މިދަތުރުގައި ބައިވެރިއަކީ ޝިލްޕާގެ އެންމެ ގާތް ތަހުމަތެރިއާއެވެ.
ޝިލްޕާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ކުޑަ ވިލިނގިލި ރިސޯގައިއެވެ. އޭނާ ވަނީ އެ ރިސޯޓުގައި ނަގައިފައިވާ ގިނަ ފޮޓޯ ތަކަކާއި ވީޑިއޯ ތަކެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިއެވެ.
ޝިލްޕާ އަކީ ވަރަށް ގިނަ އިން ރާއްޖޭ އަންނަ ބަތަލާ އެކެވެ. އޭނާ ވަނީ މީގެ ކުރިންވެސް އެކި ފަހަރު މަތިން ރާއްޖެ އަށް ޒިއާރަތް ކޮށްފައިއެވެ. ބޮލީވުޑްގެ ގިނަ ތަރިންތަކެއް މިދުވަސް ކޮޅު ރާއްޖެ އަންނާނެ ކަމަށް ބެލެވެއެވެ.
މީ އިންޑިއާގައި ފާހަގަ ކުރާ ދިވާލީ އާއި ދިމާކޮށް ބަންދު ދުވަސްކޮޅެއް ކަމުން، ދަރިންނާއި އެކުގައި ކުރު ޗުއްޓީގެއް ތަރިން ހޭދަކުރަން ރާއްޖެ އައުމަކީ އެކަށީގެންވާ ކަމެކެވެ.
ކޮމެންޓު ފޮނުވާ