ހުވާކުރުމުގެ ރަސްމިއްޔާތު ކުރިޔަށްދާއިރު މާލޭގައި ބޮޑެތި ވެހިކަލް ދުއްވުން މަނާ

ހުވާކުރުމުގެ ރަސްމިއްޔާތު ކުރިޔަށްދާއިރު މާލޭގައި ބޮޑެތި ވެހިކަލް ދުއްވުން މަނާ

Author
ހުސެއިން
17 ނޮވެމްބަރ 2023 07:27
0

އިންތިޚާބީ ރައީސްއާއި އިންތިޚާބީ ނާއިބު ރައީސް ހުވާކުރައްވާ ރަސްމިއްޔާތު ކުރިޔަށް ދާއިރު، މާލޭގެ މަގުތަކުގައި ބޮޑެތި އުޅަނދު ދުއްވުން ޓްރާންސްޕޯޓު މިނިސްޓްރީން މަނާ ކޮށްފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މާލޭގެ ޓްރެފިކް ސެކިއުރިޓީ ކަންކަން އަމާންކަމާއި އޮމާންކަމާ އެކު ގެންދިއުމަށް، މާލޭގެ މަގުތަކުގައި ދުއްވާ ބޮޑެތި އުޅަނދުތަކުގެ ތެރެއިން ތެރެއިން ސީ 1 ކެޓަގަރީގެ 350 ކިލޯގެ ކުދި ޕިކަޕް ފިޔަވައި އެހެން ބަރު އުޅަނދުތައް ދުއްވުން މަނާވާނެ ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވަނީ ދުއްވުން މަނާ ކޮށްފައިވަނީ ސީ2، ސީ0، ޑީ، އީ، އަދި ވީ ކެޓަގަރީގެ ވެހިކަލްތައް ކަމަށެވެ. އަދި މާދަމާ މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 6:00 އަށް މި ކެޓެގަރީގެ ވެހިކަލް ދުއްވުން މަނާވާނެ ކަމަށްވެސް އެ މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ އިއުލާނުގައި ވާގޮތުން ކެޓަގަރީތަކުގެ ތެރޭގައި ހިމެނޭ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި ސަރުކާރުގެ އިދާރާތަކުގެ އާންމު ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު އިސްތިސްނާ ވެގެންވާ ކަމުގައެވެ.

މިއުސޫލާއި ޚިލާފްވާ ފަރާތްތައް އްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށްވެސް މިނިސްޓްރީ ބުނެފައި ވެއެވެ.

އިންތިޚާބީ ރައީސް ޑރ. މުއިއްޒުއާއި އިންތިޚާބީ ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ހަވީރު 4:45 ގައި ޖުމުހޫރީ މައިދާނުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.