ހިންދީ ސިނަމާއަށް މިހާތަނަށް އައި އެންމެ ކާމިޔާބު ހަނގުރާމަ މަތީގެ ފިލްމް "ބޯޑާ" ގެ ދެވަނަ ބައި ހަދަން ތައްޔާރުވަމުން އަންނަ އިރުގައި މި ފިލްމްގެ ރޯލުތަކަށް ޒުވާން ތަަރިންތަކެއް ހަމަ ޖައްސައިފިއެވެ.
މި ފިލްމް އަށް ވަނީ ސަނީ އާއި އެކުގައި އަޔުޝްމާން ކުރާނާ އަދި އާހަން ޝެޓީ ގެ އިތުރުން އެއްމީ ވިރްކްވެސްް ނަގައިފައިއެވެ. މި ފިލްމްގެ ސީކުއަލް ގެ ވާހަކަ ދެކެވެން ފެށި ސަނީގެ "ގަދަރް2″ އަށް ލިބުނު ބޮޑު ކާމިޔާބީ އާއި އެކުގައިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޑައިރެކްޓަރު ޖޭޕީ ދައްތާ 1997 ގައި ގެނެސްދިން "ބޯޑާ" ގެ ސީކްއެލް، ފުރަތަމަ ބައިގައި ވެސް މުހިއްމު ރޯލެއް ކުޅުނު ސަނީ ޑިއޯލްއާ އެކީ ހަދަން ތައްޔާރީތައް ވަމުން އަންނަ މީގެ ކާސްޓަށް މިހާރު އެކްޓަރުން ނަގަމުން އަންނަ ކަމަށެވެ. ބެލެވޭ ގޮތުގައި އިތުރު އެކްޓަރުން ތަކެއް ފިލްމް އާއި އަދި ގުޅެނެއެވެ.
ލީޑުން ސަނީ ޑިއޯލް އާއި ޖެކީ ޝްރޮޕް އަދި ސުނިލް ޝެޓީ ފެނިގެން ދިއަ މި ފިލްމްގެ ދެވަނަ ބައެއް ހަދަން ތައްޔާރު ވަމުން އަންނަ އިރުގައި މި ފިލްމްގެ ދެވަނަ ބައެއް ހެދުމުގެ ވާހަކަތަށް ދެކެވޭތާ މިހާރު ދުވަސްތަކެއް ވެފައި ވާކަމަށް ބުނެއެވެ. މި ފިލްމަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމަ އަށް ބިނާކޮށް ގެނެސްދިން ވަތަނީ ފިލްމެކެވެ.