ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަގުތީގޮތުން މަގާމުން ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ފުލުހުންގެ މުވައްސަސާ ހިންގުން ވަގުތީގޮތުން ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބުދުލް މަންނާނު ޔޫސުފާ ހަވާލުކޮށްފިއެވެ.
ފުލުހުންގެ މުވައްސަސާ ހިންގުން މަނާންއާއި ވަގުތީގޮތުން ހަވާލުކުރެއްވުމަށް ޑެޕިއުޓީ ކޮމިޝަނަރު ޢަލީ ރަޝީދު ސޮއިކުރައްވައި ނެރުއްވި ދެންނެވުމެއްގައި ވަނީ، ކޮމިޝަނަރ އޮފް ޕޮލިސް މުހައަމަދު ހަމީދު ރިޓަޔަރ ކުރައްވާފައިވާތީ ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ 38 ވަނަ މާއްދާގެ (ނ) ގެ ދަށުން ކޮމިޝަނަރެއް އައްޔަން ކުރެވެންދެން އިއްޔެ އިން ފެށިގެން ސީޕީގެ މަސްއޫލިއްޔަތު އަދާކުރައްވާނީ މަންނާނު ކަމަށް ހޯމް މިނިސްޓަރު އިމްރާން ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިމަހުގެ 15 ވަނަ ދުވަހުވަނީ ފުލުހުންގެ ޚިދުމަތުުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.
އެކަމަށްޓަކައި އިސްކަންދަރު ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އިމްރާންއެވެ.
މި ރަސްމިއްޔާތުގައިި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު، ދިވެހިރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ޑިޕްލޮމެޓުން، ރާއްޖޭގައި ހުންނަ ޔުނައިޓެޑް ސްޓޭޓްގެ ރެޕްރެޒެންޓޭޓިވް، ބޭރު ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ ސަލާމަތީ ބާރުތަކުގެ މަންދޫބުން، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ކޮމިޝަނަރގެ އާއިލާ މެމްބަރުން ބައިވެރިވެލެއްވިއެވެ.