ތަމަންނާ އާއި ވިޖޭ ކައިވެނި ކުރަނީ

ތަމަންނާ އާއި ވިޖޭ ކައިވެނި ކުރަނީ

Author
ފާތިމަތު ނާވީ
16 ނޮވެމްބަރ 2023 06:00
0

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްކޮޅެއް ވެފައިވާ ދެ ތަރިން ކަމުގައިވާ ތަމަންނާ ބާޓީއާ އާއި ވިޖޭ ވަރްމާ ކައިވެންޏަށް ތައްޔާރު ވަމުން އަންނަ ކަމަށް ހަބަރުތަށް ބުނެފިއެވެ.

މި ދެ ތަރިންގެ ލޯބީގެ ވާހަކަ އަކީ މި ފަހުން މީޑިއާތަކުގައި އެންމެ ބޮޑަށް ދެކެވެމުން އަންނަ އެއް ވާހަކަ އެވެ. އެއާއި އެކުގައި ދެމީހުން އެކުގައި ފެނުން މިވަނީ ގިނަ ވެފައިއެވެ. އެގޮތުން ޗުއްޓީ ހޭދަކުރުމަށް އެކުގައި ދިއުމާއި ޕާޓީ ތަކަށް އަތާއި އަތް ޖޯޑުކޮށްގެން ދިއައުން މިވަނީ ގިނަވެފައިއެވެ.

 

View this post on Instagram

 

A post shared by Vijay Varma (@itsvijayvarma)

އެގޮތުން މިފަހުން އެމީހުން ވަނީ ދިވާލީ ފާހަގަ ކުރުމަށް ތަރިން ބާއްވަމުން މިދާ ޕާޓީ ތަކުގައިވެސް އެކުގައި ބައިވެރިވެފައިއެވެ. އަދި ދެމީހުން އެކުގައި މީޑިއާއަށް ފޮޓޯ ނެގުމުގެ ފުރުސަތު ވެސް އަންނަނީ ދެމުންނެވެ.

33 އަހަރުގެ ތަމަންނާ އަކީ ސައުތު އިންޑަސްޓްރީގައި ވަރަށް ހިނގާ ނަމެކެވެ. އޭނާ ބޮޑަށް މަޝްހޫރުކަން ހޯދީވެސް ސަައުތުގެ ފިލްމް ތަކުނެނެވެ. ނަމަވެސް މަޑުމަޑުން އޭނާ އަންނަނީ ބޮލީވުޑްގައި ވެސް ކުރިހޯދަމުންނެވެ.

 

View this post on Instagram

 

A post shared by Vijay Varma (@itsvijayvarma)

"ބާހްބަލީ" ގެ އިތުރުން ދާދި ފަހުން ރިލީޒްކުރި ރަޖްނީކާންތުގެ ފިލްމު "ޖެއިލާ" ގެ އައިޓަމް ލަވަ "ކާވާލާ" އިން ވެސް ބޮޑު ސަމާލުކަމެއް ހޯދި ތަމަންނާ އާއި ވިޖޭގެ ކައިވެނީގެ ވާހަކަތައް ދެކެވެމުން އަންނަ އިރު، މި ދެ ތަރިން އެކީގައި ނެޓްފްލިކްސްގެ "ލަސްޓް ސްޓޯރީސް 2″ އިން ވެސް މި އަހަރު ފެނިފައިވެ އެވެ.

ހަބަރުތަށް ބުނާގޮތުގައި އެމީހުންގެ ލޯބީގެ ފެށުމަކީ މި ފިލްމްއެވެ. މި ފިލްމް ކުޅުނު ދުވަސްވަރު އެމީހުން ދިމާވެ ލޯބީ ފައްކާވީ ކަމަށް މީޑިއާއިން އަންނަނީ ބުނަމުންނެވެ.

އާންމުކޮށް ސަޕޯޓިން ރޯލުތައް ކުޅޭ އަދި ހާއްސަކޮށް ގްރޭ ކެރެކްޓާތަކުން ފެންނަ ވިޖޭ، 37، އެންމެ ފަހުގެ ފިލްމަކީ ސެޕްޓެމްބަރުގައި ގެނެސްދިން ކަރީނާ ކަޕޫރްގެ "ޖާނޭ ޖާ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.