ތާރާ ގެ "އަޕުރްވާ" އަށް ވެސް ރަނގަޅު ފެށުމެއް

ތާރާ ގެ "އަޕުރްވާ" އަށް ވެސް ރަނގަޅު ފެށުމެއް

Author
ފާތިމަތު ނާވީ
18 ނޮވެމްބަރ 2023 10:06
0

މިއަދު ރިލީޒް ކުރި ޒުވާން ބަތަލާ ތާރާ ސުތާރިއާ ގެ ފިލްމް "އަޕުރްވާ" ގެ ފެށުންވެސް ވަރަށް ރަނގަޅު ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

ދިވާލީ ބަންދާއި ދިމާކޮށް މި ފިލްމް ރިލީޒް ކޮށްފައިވާ އިރުގައި މިއީ ކައިވެނީގެ ފަހުން އަންނަ ފުރަތަމަ އުފަން ދުވަހު، ގޭންގެއްގެ ބަޔަކު ކިޑްނެޕްކުރުމުން އެ މީހުންގެ ކިބައިން ސަލާމަތްވާން ކުރާ މަސައްކަތް ތަކެކެެއް ދައްކުވައިދޭ ފިލްމްއެކެވެ.

މި ފިލްމް ޕްރިމިއާ ކޮށްފައި ވަނީ ސިނަމާގެ ބަދަލުގައި އޯޓީޓީ ޕްލެޓްފޯމްގައިއެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ފިލްމް މިއަދު ޕްރިމިއާ ކޮށްފައިވާއިރުގައި މިއީ 90 މިނިޓްގެ ފިލްމްއެކެވެ. ކްރިޓީކުން ވަނީ މި ފިލްމް އަށް ތިނެއް ބައި ސްޓާ ދީފައިއެވެ.

 

View this post on Instagram

 

A post shared by TARA💫 (@tarasutaria)

 

މި ފިލްމަކީ މުރާދު ކެތާނީ ޕްރޮޑިއުސްކޮށް، ނިކިލް ނާގޭޝް ބަޓް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. މި ފިލްމްގެމި ފިލްމުގައި ތާރާގެ ފިރިމީހާހެ ރޯލު ކުޅެފައި ވަނީ ދައިރިއާ ކަރްވާ އެވެ. މީ ދެތަރިން އެކުގައި ފެނިގެންދާ އަލަތު ފިލްމްއެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަބީޝެކް ބެނަކީ އާއި ރާޖްޕަލް ޔާދަވް ވެސް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.