މުރްނާލާ ޑޭޓްކުރާ ވާހަކަ ބާދުޝާ ދޮގުކޮށްފި

މުރްނާލާ ޑޭޓްކުރާ ވާހަކަ ބާދުޝާ ދޮގުކޮށްފި

Author
ފާތިމަތު ނާވީ
18 ނޮވެމްބަރ 2023 05:50
0

ބޮލީވުޑްގެ އަރަމުން އަންނަ ޒުވާން ބަތަލާ މުރުނާލް ޓާކުރް އާއި ލޯބީގެ އެއްވެސް ގުޅުމެއް ނެއްކަމަށާއި އެމީހުން ރައްޓެހިވެގެން އުޅޭކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް ބާދްޝާހް ބުނެފިއެވެ.

އިންސްޓަގްރާމް ސްޓޯރީގައި އޭނަ އާންމުކުރި ޕޯސްޓެއްގައި ބުނީ ހީކުރާ ކަހަލާ ގުޅުމެއް އެމީހުންގެ މެދުގައި ނެއްކަމަށާއި އެއީ ދޮގު މައުލޫމާތެއް ކަމަށެވެ. އެފަދަ ވާހަކަ ތަކަކީ ދޭތެރެ ދޭތެރެއިން ފެންމަތިވާ ވާހަކަ ތަކެކެވެ.

މިހަބަރު މީޑިއާއަށް ތިލަވީ މަޝްހޫރު ބަތަލާ ޝީލްޕާ ޝެޓީ ބޭއްވި ދިވާލީ ޕާޓީ އަށް އެދެމިހުން އެކުގައި ގޮސްފައި ވުމާއިއެކުގައިއެވެ. އަދި ދެމީހުން އެކުގައި އަތާއި އަތް ގުޅުވައިގެން ޕާޓީ ތެރޭގައި އުޅޭނިކޮން ނަގައިފައިވާ ފޮޓޯ ތަކެއްވެސް އަންނަނީ ދައިރު ވަމުންނެވެ.

ރެޕާއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ބާދުޝާ، 37، އަކީ މީގެ ކުރިން ކައިވެންޏެއްކޮށް، ކައިވެނި ރޫޅިފައިވާ ފަންނާނެކެވެ. އޭނަ އާއި ޖޭސްމިން މަސީހްގެ ކައިވެނި ނިމުމަކަށް އައީ 2020 ގަ އެވެ. ދެހާސް ބާރައިގައި ކުރި ކައިވެނި ރޫޅުނު އިރު ދަރިޔަކު ވެސް ލިބިފައިވެ އެވެ.

މުރުނާލް އަކީ މިހާތަނަށް އެއްވެސް ކައިވެންޏެއް ކޮށްފައިވާ ބަތަލާއެއް ނުނެވެ. މުރުނާލް އާންމުގެ މެދުގައި މަގުބޫލުކަން ހޯދީ ޑްރާމާ ސިލްސިލާ ތަކުންނެވެ. މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި މުރުނާލް އާއި އެކްޓަރު އަރިޖިތް ތަނޭޖާ އާއި އުޅެނީ ރައްޓެހި ވެގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.