ކޮރަޕްޝަން ހުއްޓުވުމަށް ޑރ. މުއިއްޒުގެ ސަރުކާރުން ހަރުދަނާ ފިޔަވަޅު އަޅުއްވާނެކަމަށް އުއްމީދު ކުރަން: ސައުދު

ކޮރަޕްޝަން ހުއްޓުވުމަށް ޑރ. މުއިއްޒުގެ ސަރުކާރުން ހަރުދަނާ ފިޔަވަޅު އަޅުއްވާނެކަމަށް އުއްމީދު ކުރަން: ސައުދު

Author
ހުސެއިން
14 ނޮވެމްބަރ 2023 09:17
0

ދިވެހި ރާއްޖެ އަށް ދިމާވެފަ އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓެކުސް ފައިސާއިން ހިންގަމުން ގެންދާ ވައްކަމާއި ކޮރެޕްޝަން ކަމަށާއި، އެ ކޮރަޕްޝަން ހުއްޓުވުމަށް ޑރ. މުއިއްޒުގެ ސަރުކާރުން ހަރުދަނާ ފިޔަވަޅު އަޅުއްވާނެކަމަށް އުއްމީދު ކުރާކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދު ވިދާޅުވެއްޖެއެވެ.

ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދައުލަތުގެ ބަޖެޓް 20-25% އަކީ ކޮރަޕްޝަން ކަމަށާއި، އުއްމީދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާ، ޑރ. މުއިއްޒުގެ ސަރުކާރުން މިވަބާ ނައްތާލުން ކަމުގައެވެ.

އަންނަ ހުކުރު ދުވަހު ހުވާކުރައްވާ، އިންތިޚާބީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކޮރަޕްޝަން ނައްތާލުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް އުއްމީދުކުރާކަމަށް ސައުދު ވިދާޅުވެފައިވާއިރު، ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެ އެކުލަވާލާ ސަރުކާރު ވެގެންދާނީ ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ ސަރުކާރެއް ކަމަށާއި، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާނީ އިހުލާސްތެރި ކަމާއިއެކުގައި ކަމަށެވެ.

ރާއްޖޭގެ ވެރިކަމައި ހުކުރު ދުވަހު ހަވާލުވެ ވަޑައިގަންނަވާ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުގައި ވިދާޅުވީ އެމަނިކުފާނު އެކުލަވާލާ ސަރުކާރު ވެގެންދާނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް އިހުލާސްތެރި ކަމާއިއެކު ފުއްދާ ސަރުކާރަކަށް ކަމުގައެވެ. ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ ވަޒީރުންނާއި، ކުންފުނިތަކުގެ އެމްޑީން މަސައްކަތް ކުރައްވާނީ ނަތީޖާނެރެ ރައްޔިތުން ޚިދުމަތް ކުރެއްވުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއްވެސް ބޭފުޅަކީ ކޮރަޕްޝަނަށް ޖާގަދީ އެކަންކަމަށް ފުރުސަތު ނުދެއްވާނެ ބޭފުޅުންކަން ކަށަވަރުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.