ބޮލީވުޑްގެ މަޝްހުރު ޑައިރެކްޓަރ/ ޕްރޮޑިއުސަރ ކަރަން ޖޯހަރު ހޯސްޓް ކޮށްދޭ ޝޯ "ކޮފީ ވިތު ކަރަން" ގެ 8 ވަނަ ސީޒަން މިހާރު ކުރިއަށް ދާއިރުގައި އެހެން ސީޒަން ތަކާއި ތަފާތު ކޮން މި ސީޒަން ގެނެސްދެނީ މެހެމާނުން ވަރަށް ބޮޑަށް ސިއްރު ކޮށްގެންނެވެ.
ކުރިޔާލައި ޝޯވގައި ބައިވެރިވާ މެހެމާނުން މީގެ ކުރިން ޝޯވ ތަކުުގައި އައީ އިއުލާން ކުރަމުންނެވެ. ނަމަވެސް މިފަހަރު އެހެން ނަހަދައެވެ. ވަރަށް 'ވަގަށް' ކަހަލަ ގޮތަކަށް ސެލްބްރިޓީން ބައިވެރިކޮށްގެން މިޝޯވ ކުރިއަށް ދާއިރުގައި މިހާތަނަށްވެސް ގެނެސްފައި ހުރީ ބެލުންތެރިން ވަރަށް ބޮޑަށް ބޭނުންވާ ކަހަލަ ސެލެބްރިޓީންނެވެ.
އެގޮތުން މި ޝޯވ ގެ މިފަހަރުގެ މެހެމާނުންގެ ގޮނޑިން ފެންނަނީ އެއް އާއިލާއަކަށް ނިސްބަތްވާ ދެ ތަރިން ކަމަށްވާ ކަރީނާ ކަޕޫރު ޚާންއާއި އާލިއާ ބަޓް އެވެ. އާލިއާއަކީ ކަރީނާގެ ދެބެންގެ ދެދަރި ކޮއްކޮ ރަންބީރު ކަޕޫރުގެ އަންހެނުންނެވެ.
މި އެޕިސޯޑްގެ ޕްރޮމޯ ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. އެއިން ފެންނަ ގޮތުގައި ދެ ތަރިން ވެސް ޝައުގުވެރި ގިނަ ވާހަކަތަކެއް ހިއްސާކުރާނެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ އާލިއާ އަކީ ކަރީނާގެ ފަހަރިއެއްކަމެވެ.
ކޮމެންޓު ފޮނުވާ