އާދަރް އައު ލޯބިވެރިއަކާއި އެކުގައި

އާދަރް އައު ލޯބިވެރިއަކާއި އެކުގައި

Author
ފާތިމަތު ނާވީ
15 ނޮވެމްބަރ 2023 10:21
0

ބަތަލާ ތާރާ ސުތާރިއާގެ ކުރީގެ ލޯބިވެރިއާ އާދަރް ޖެއިން އާ ލޯބިވެރިޔަކު ހޯދައިފި އެވެ.

ތާރާ އާއި އާދަރްގެ ލޯބީގެ ގުޅުން ނިނުމަކަށް އައިސްފައިވާ ކަމަށް އިއުލާން ކޮށްފައިވަނީ މި އަހަރުގެ ކުރީކޮޅުގައިއެވެ. ނަމަވެސް އެމީހުންގެ ގުޅުން ނިމުނު ސަބަބެއް މިހާތަނަށް ވެސް ހާމަ ކޮށްފައިއެއް ނުވެއެވެ.

އާދަރު މިހާރު ފެނިގެންދާނީ އޭނާ ގެ އައު ލޯބިވެރިއާ އާއިއެކުގައިއެވެ. އެގޮތުން މީގެ ދެރެއެއް ކުރިން ދިވާލީ ޕާޓީ އަކަށް ވެސް ދެމީހުން އަތާއި އަތް ޖޯޑު ކޮށްގެން ގޮސްފައި ވަނިކޮށް މީޑިއާއަށް ވަނީ ފެނިފައިއެވެ. އެއާއި އެކުގައި އާދަރް އައު ލޯބިވެރިއަކު ހޯދިކަން ރަސްމީކޮން އާންމު ކަމަށް މީޑިއާ ރިޕޯޓްތަށް  ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Aadar Jain (@aadarjain)

މަޝްހޫރު ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި ކަރީނާ އަދި ކަރިޝްމާ ކަޕޫރު ކަޒިންގެ އާ ބައިވެރިޔާ އަކީ އަލޭކާ އަދުވާނީ އެވެ. އޭނަ އަކީ ވެލްނެސް ކުންފުންޏެއް ކަމަށްވާ "ވޭ ވެލް" ގެ ބާނީ އެވެ. އަދި އޭނާ ވަނީ އެމެރިކާއިން އެރޮގުން މަތީ ތައުލީމު ވެސް ހާސިލު ކޮށްފައިއެވެ.

އާދާރާ އެކީ އެލޭކާ ފުރަތަމަ ފެނުނީ މީގެ ދެ ރޭ ކުރިން ކަރީނާ ކަޕޫރް ބޭއްވި ދިވާލީ ޕާޓީ އަށް އަތުގުޅާވައިގެން ދަނިކޮންނެވެ. އަދި ދެ މީހުން ފެނުނު އިރު، މީޑިއާތަކަށް ފޮޓޯ އާއި ވީޑިއޯ ނަގަން ފުރުސަތު ވެސް ދިނެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

މީޑީއާ ރިޕޯޓްތައް ބުނާގޮތުން އަލޭކޭ އަކީ ތާރާގެ ވެސް ވަރަށް ގާތް އެކުވެރިއެކެވެ. އަދި މީގެ ކުރިން އެ ތިން މީހުން އެކުގައި ނަގައިފައިވާ ފޮޓޯތަކެއް ވެސް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރު ވަމުންނެވެ.

ބައެއް ރިޕޯޓްތަށް ބުނާގޮތުގައި އާދަރް އާއި ތާރާގެ ލޯބީގެ ނިމުމުގެ އަސްލަކީ އަލޭކާއެވެ. އެދެމީހުން ދުރުކޮށް އާދަރު ހާސިލު ކުރީ ކަމަށް ބުނެ ގިނަ ބައެއް އަންނަނީ އޭނާއަށް ތުހުމަތުގެ އިނިލި ދިއްކުރަމުންނެވެ.

ގިނަދުވަސް ތަކަކު ރައްޓެހިވެގެން އުޅުން އާދާރާއި ތާރާ ރުޅިވި ފަހުން، ކާތިކް އާރިއާނާއި ތާރާ ރައްޓެހިވެގެން އުޅޭ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް އެހަބަރު ކަށަވަރު ވެފައިއެއް ނުވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.