މަޖިލިހުގެ ރައީސަކު އިންތިހާބު ކުރަން މިރޭ ޖަލްސާއެއް ބާއްވަނީ

މަޖިލިހުގެ ރައީސަކު އިންތިހާބު ކުރަން މިރޭ ޖަލްސާއެއް ބާއްވަނީ

Author
އަހުމަދު
13 ނޮވެމްބަރ 2023 09:48
0

ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުގެ މަގާމުން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް މެމްބަރަކު އިންތިހާބު ކުރުމަށް މިރޭ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.

މި ޖަލްސާ އެޖެންޑާކޮށްފައި ވަނީ މިރޭ 10:00 ގައެވެ.

މަޖިލިހުގެ ޖަލްސާ އެޖެންޑާގައި ހަމައެކަނި އޮތީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، އެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެ މަގާމަށް އިންތިހާބު ކުރުމުގެ މައްސަލައެވެ.

މަޖިލިހުގެ ރިޔާސަތުން އިސްތިއުފާ ދެއްވުމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެމްޑީޕީން ރާއްޖޭގެ ޑިމޮކްރަސީއަށް ނުރައްކާވާނެ އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ. އަދި މިމައްސަލާގައި ސުޕްރިމް ކޯޓުގެ އަމަލާއި ބަސް ދިމާނުވިކަމަށް ވިދާޅުވަމުން ނަޝީދު ވިދާޅުވެފައިވަނީ ދެން މަޖިލިހުގެ ރައީސްކަމުގައި ދެމިހުރެއްޖެނަމަ މެޖޯރިޓީ ޕާޓީން މަޖިލިހަށް ދޭ ގެއްލުން ބޮޑުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ޑިމޮކްރަސީގެ އުސޫލުތައް ދަމަހައްޓާ ރައްޔުތުންގެ މަސްލަހަތަށް ޚިދުމަތް ކުރުމުގައި، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ދެމި ތިއްބަވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމު އަދާކުރުމަށް ލިބުނު ފުރުސަތަށްޓަކާ އަޅުގަނޑު ފަޚުރުވެރިވަމެވެ. އަދި އަޅުގަޑުގެ އިސްތިއުފާއަކީ އަޅުގަޑުމެންގެ ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި ހަމެޖެހުމާއި ނަޒާހަތްތެރިކަން އަލުން އާލާކުރުމަށް އެހީތެރިވެދޭނެ ކަމެއްކަމަށް އުއްމީދު ކުރަމެވެ." ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.