ޙަމާސްގެ އިސް ކޮމާންޑަރު ޔަހޫދީންގެ ޙަމަލާއެއްގައި ޝަހީދުވެއްޖެ

ޙަމާސްގެ އިސް ކޮމާންޑަރު ޔަހޫދީންގެ ޙަމަލާއެއްގައި ޝަހީދުވެއްޖެ

Author
އަހުމަދު
14 ޑިސެމްބަރ 2025 05:24
0

ފަލަސްޠީނުގެ މިނިވަންކަމަށް ޓަކައި ފިޔަވަޅު އަޅަމުން އަންނަ ޙަމާސް ޖަމާޢަތުގެ އިސް ކޮމާންޑަރު ރާއިދު ސަޢަދު ޔަހޫދީންގެ ވައިގެ ޙަމަލާއެއްގައި ޝަހީދުވެއްޖެ ކަމަށް އެ ޖަމާޢަތުން ކަށަވަރު ކޮށްދީފިއެވެ. ޙަމާސްގެ ސިޔާސީ ގޮފީގެ ލީޑަރު ޚަލީލް އަލް-ޙައްޔާ ވިދާޅުވީ، ޣައްޒާއަށް ދިން ވައިގެ ޙަމަލާއެއްގައި ސަޢަދު ޝަހީދުވީ އޮކްޓޫބަރު މަހު ޙަމާސާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވުމަކަށް އައިސް ފަހުން ކަމަށެވެ.

ޣައްޒާ ސިޓީއަށް ދިން މި ޙަމަލާގައި ސަޢަދުގެ އިތުރުން ހަތަރު މީހަކު ޝަހީދުވެ، 25 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. ވީޑިޔޯ މެސެޖެއްގައި ޙައްޔާ ވިދާޅުވީ، ޔަހޫދީން އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވަމުން އަންނަ ކަމަށާއި، މެދުވެރިންގެ ގޮތުގައި ބައިވެރިވި ޤައުމުތަކާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ކަންކަން ހުއްޓުވަން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އޮކްޓޫބަރު 10ގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފަށާފައި ވީނަމަވެސް، އޭގެ ފަހުން ޔަހޫދީން 800ށްވުރެ ގިނަ ފަހަރު ޣައްޒާއަށް ނިރުބަވެރި ޙަމަލާތައް ދީފައިވެއެވެ. މި ޙަމަލާތަކުގައި މިހާތަނަށް 386 މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.