ކާފު އަތޮޅު ރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި ރޭ ދަންވަރު ރޯވެ، އެ ލޯންޗުގެ ކެޕްޓަނަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގީ ރޭ ދަންވަރު 3:00 ހާއިރު ކަމަށާއި، އެ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ފަތިހު 5:30 ހާއިރު ކަމަށެވެ. ރޯވި ވަގުތު ލޯންޗުގައި ހުރީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވާ ކެޕްޓަން އެކަނި އެވެ.
އަލިފާނުގެ ސަބަބުން ކެޕްޓަންގެ ކަރާއި މޭމަތި ވަނީ ފިހިފަ އެވެ. އޭނާއަށް މިހާރު ފަރުވާދެމުންދަނީ އައިޖީއެމްއެޗްގަ އެވެ. ލޯންޗަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ބެހޭގޮތުން ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ