ސަރުކާރުގެ 12 ކުންފުންޏަކުން ބޮޑު ގެއްލުމެއް

ސަރުކާރުގެ 12 ކުންފުންޏަކުން ބޮޑު ގެއްލުމެއް

Author
އަހުމަދު
14 ޑިސެމްބަރ 2025 08:30
0

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުގެ 12 ކުންފުންޏަކުން ބޮޑު ގެއްލުމެއް ލިބިފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ކުއާޓަލީ ރިޕޯޓުން ހާމަވެއްޖެއެވެ. ޕީސީބީގެ ވެބްސައިޓުގައި މިހާރު އާންމުކޮށްފައިވާ މި ރިޕޯޓުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އާމްދަނީ އާއި ފައިދާ ނުވަތަ ގެއްލުމުގެ ތަފްސީލް ހިމެނެއެވެ.

ގެއްލުމުގައި ހިންގި ކުންފުނިތަކުގެ ތެރޭގައި އެންމެ ގިނައީ ދައުލަތުން ބަޖެޓް ސަޕޯޓް ފޯރުކޮށްދޭ ކުންފުނިތަކެވެ. ބަޖެޓުން ފައިސާ ލިބޭ 12 ކުންފުންޏަކުން 10 ކުންފުންޏެއް ހިންގަނީ ގެއްލުމުގައެވެ. އެގޮތުން އާރުޑީސީން 113.73 މިލިއަން ރުފިޔާގެ ގެއްލުމެއް، ފެނަކައިން 33.72 މިލިއަން ރުފިޔާގެ ގެއްލުމެއް، އައްޑޫ އެއާޕޯޓުން 17.55 މިލިއަން ރުފިޔާގެ ގެއްލުމެއް، އެފްޑީސީން 14.05 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވެއެވެ. މީގެ އިތުރުން ޓްރޭޑްނެޓް، ފަންޑު މެނޭޖްމަންޓް، ހައްޖު ކޯޕަރޭޝަން، ޕީއެސްއެމް، ބީސީސީ އަދި ޕޯސްޓުން ވެސް މިލިއަނުން ގެއްލުންތައް ލިބިފައިވެއެވެ.

ބަޖެޓް ސަޕޯޓް ނުލިބޭ ކުންފުނިތަކުގެ ތެރެއިން އައިލެންޑް އޭވިއޭޝަނުން 46.36 މިލިއަން ރުފިޔާގެ ގެއްލުމެއް އަދި އެމްޓީސީސީން 19.66 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.