އަނިލް ދެން ގެެނެސްދޭނީ "ޖާނީ"

އަނިލް ދެން ގެެނެސްދޭނީ "ޖާނީ"

"ގަދަރް 2″ ގެ ޑައިރެކްޓަރު އަނިލް ޝަރުމާ "ޖާނީ" ކިޔާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

މިހަރު ގެނެސްދިން "ގަދަރް 2″ އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމްއެކެވެ. އަދި މިއަހަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމްވެސް މެއެވެ. ބޮކްސް އޮފީހުގައި ބޮޑު އާމްދަނީ އެއް މި ފިލްމް ހޯދިއެވެ.

އޯގަސްޓް މަހުގެ 11 ވަނަ ދުވަހުގައި ރިލީޒް ކުރި މި ފިލްމް އަކީ ލީޑުން ކުރީގެ މަޝްހޫރު ދެތަރިން ކަމުގައިވާ ސަނީ ޑީއޯލް އާއި އަމީޝާ ޕަޓޭލް ފެނިގެން ދިއަ ފިލްމްއެކެވެ. ގަދަރް އަކީ ހަމަ އެނަމުގައި 2001 ވަނަ އަހަރު ގެނެސްދިން ފިލްމް ގެ ދެވަނަ ބައެވެ.

މި ފިލްމް ގެ ކާމިޔާބީ އާއި އެކުގައި ފިލްމްގެ ޑައިރެކްޓަރު އަނިލް ވަނީ ދެވަނަ ފިލްމް އެއްގެ މަސައްކަތް ފަށައިފައިއެވެ. މި ފިލްމުގެ ޝޫޓިން މިހާރު ވަރާނަސީގައި ކުރިއަށްދާ އިރު، މިއީ ބައްޕައާ އެކީ އުތުކާޝް، 29، މަސައްކަތްކުރާ ފަސް ވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ އޭނަ ކުޑައިރު ކުޅުނު 2001 ގެ "ގަަދަރު: އޭކް ޕްރޭމް ކަތާ" އެވެ. އޭގެ ފަހުން 2007 ގެ "އަޕްނޭ' ގައި ވެސް ޗައިލް އާޓިސްތެއްގެ ރޯލު ކުޅުނެވެ. އަދި ލީޑިން އެކްޓަރެއްގެ ގޮތުގައި އުތުކާޝް ތައާރަފުކުރީ އަނިލްގެ 2018 ގެ "ޖީނިއަސް" އިންނެވެ. އެކަމަކު އެއީ މާ ކާމިޔާބު ފިލްމެއް ނޫނެވެ.

 

View this post on Instagram

 

A post shared by Utkarsh Sharma (@iutkarsharma)

ފިރިހެން ދަރިއަކާއި ބައްޕައަކާ ދެމެދު އޮންނަ ގުޅުމަށް ބިނާކޮށް ހަދާ މި ފިލްމުގެ ލީޑް ކާސްޓްގައި ހިމެނެނީ އަނިލްގެ ދަރިފުޅު އަދި "ގަދަރު 2″ ގައި ސަނީ އާއި ބަތަލާ އަމީޝާ ޕަޓޭލްގެ ދަރިފުޅުގެ ރޯލު ކުޅުނު އުތުކާޝް ޝަރުމާ އާއި ނާނާ ޕަޓޭކަރެވެ.

އަދި "ޖާނީ" ގެ ކާސްޓްގައި ސޯޝަލް މީޑިއާ އިން މަޝްހޫރުކަން ހޯދި ފަންނާނެއް ކަމަށްނާ ސްނެހިކް ޑިކްސިޓް މެހެރާ ވެސް ހިމެނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *