ޓައިގާ އަނެއްކައިވެސް އެކްޝަން ފިލްމް އަކަށް ސޮއި ކޮށްފި

ޓައިގާ އަނެއްކައިވެސް އެކްޝަން ފިލްމް އަކަށް ސޮއި ކޮށްފި

Author
ފާތިމަތު ނާވީ
15 ނޮވެމްބަރ 2023 05:37
0

ބޮލީވުޑްގައި ކުރި އަރަމުން އަންނަ އެކްޝަން އެކްޓަރުގެ ގޮތުގައި މަޝްހޫރު ޓައިގާ ޝްރޮޕް އަނެއްކައިވެސް އެކްޝަން ފިލްމް އަކަށް ސޮއިކޮށްފިއެވެ.

ޓައިގާ އެންމެ ފަހުން ފެނިގެން ދިއައީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގައި ރިލީޒް ކުރި ފިލްމް "ގަންޕަތު" އިންނެވެ. މިއީ ވެސް އެކްޝަން ފިލްމްއެކެވެ. މި ފިލްމް ގައި ޓައިގާ އާއި އެކުގައި ފެނިގެން ދިއައީ ކްރިތީ ސެނޮންއެވެ.

މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެެނެސްދޭ ނޫސްތަކުން ބުނާގޮތުގައި މި ފިލްމް އަކީ އާނަންދު ޕަންޑިތު ޕްރޮޑިއުސްކޮށް، ޝިވަމް ނައިރް ޑައިރެކްޓްކުރަން ހަމަޖެހިފައުވާ ފިލްމެއް ކަމަށެވެ.

ޝިވަމް އަކީ އަކްޝޭ ކުމާރުގެ 2017 ގެ "ނާމް ޝަބާނާ" ގެނެސްދިން ޑައިރެކްޓަރެވެ. ހަންގާމާ އިން ބުނި ގޮތުގައި އޭނަ ޓައިގާއާ އެކީ ހަދާ ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ.

 

View this post on Instagram

 

A post shared by Tiger Shroff (@tigerjackieshroff)

ޓައިގާ ބޮލީވުޑް އަށް ނުކުތީ ދެހާސް ސާދައިގެ "ހީރޯޕަންތީ" އިންނެވެ. މި ފިލްމް އާއި އެކުގައި އެކްޝާން ފިލްމް ތަކުން ގިނައިން ފެންނަ ޓައިގާ އަކީ މިހާރު ޒުވާން އެކްތަރުންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އެއް ތަރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.