ބިދޭސީއެއް ކިޑްނެޕްކުރި ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ބިދޭސީއެއް ކިޑްނެޕްކުރި ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

Author
މުޙައްމަދު ޝަޒައިމް
12 ނޮވެމްބަރ 2023 08:44
0

ބިދޭސީއެއް ކިޑްނެޕްކުރި ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ބިދޭސީ މީހާ ކިޑްނެޕްކުރި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވަނީ ބަންގުލަދޭޝްގެ ރައްޔިތެއްކަމަށްވާ މުހައްމަދު އާރިފް ހޮސައިން (37އ) ކަމަށެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ބަންދުކުރަން ނިންމާފައިވަނީ ރިމާންޑް ޖަލެއްގައި ޝަރީއަތް ނިމެންދެންނެވެ. އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތެއް ވުޖޫދުވާ ވަރަށް ހެކި ލިބިފައިވާކަމަށް ފެންނަ ކަމަށެވެ. އެގޮތުން ހުށަހެޅިފައިވާ ބަޔާންތަކުންނާއި، އަނިޔާލިބުނު ފަރާތާއި ސީނުން ނަގާފައިވާ ފޮޓޯތަކުން އޭނާ މީހަކު ރަހީނުކޮށް އިންޒާރުދީ އަނިޔާވެރި އަމަލުތަކެއް ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް ފެންނަ ކަމަށެވެ.

ބަންދުގައި ބަހައްޓަންޖެހޭ ހާލަތުގެ ގޮތުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިއާޔަތްކޮށް މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ކަމަށެވެ. މީގެ އިތުރު އޭނާއަކީ ގަވާއިދާ ހިލާފަށް އުޅޭ ފަރާތެއްކަމަށްވާތީ ފިލައިގެން ދިއުމުގެ އިހްތިމާލުވެސް އޮތްކަމަށް ފެންނަ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އަދި ކުށުގެ އަމަލު ހިންގުމުގައި އިތުރުބަޔަކާއެކު އޭނާ ބައިވެރިވެފައި ވުމުންނާއި، އަނިޔާވެރި އަމަލުތަކެއް ކަމަށް ބެލެވޭ ކަންތައްތަކެއް އަނިޔާލިބުނު ފަރާތާމެދު ހިންގާފައިވާ ކަމަށް ބެލެވޭތީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ފެންނަކަމަށް ބަންދުގައި ބަހަށްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބުގެ ގޮތުގައި އަމުރުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.