ކުރީގެ މަޝްހޫރު ބޮލީވުޑް ސްޓާރު ސުނިލް ޝެޓީ އަންހެން ދަރިފުޅަށް ވަގަށް ގޮވައިފިއެވެ.
ނަމަވެސް މީ އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހިގެން ސުނިލް ދަރިފުޅަށް ވަގަށް ގޮވި ގޮވުމެއް ނޫނެވެ. މީ ރުޅިއަށް ވުރެ ލޯބިން ކުރި ކަމެއް ކަމަށް ބެލެވެއެވެ. ސުނިލް އާއީ އޭނާގެ ކުދިން ނާއި ދެމެދު އޮތް ގާތް ގުޅުން މިކަމުން ހާމަވާ ކަމަށް ބައެއް މީޑިއާ ތަކުން ވަނީ ބުނެފައިއެވެ.
އަދި ކުދިންނާއި އެކުގައި މަޖާ މާހާއުލެއްގައި ކޮލިޓީ ވަގުތު ހޭދަ ކުރަން އޭނާ އިސްކަން ދީފައި ހުރި ކަން މިކުޑަކުޑަ ކަމުން ވެސް އެނގިގެން ދާކަމަށް ވެސް ވަނީ ބުނެފައިއެވެ.
ކޮންމެއަކަސް ސުނިލް ދަރިފުޅާ ދިމާލަށް ވަގަށް ގޮވީ އޭނާގެ ބެލްޓެއް ނެގުމުންނެވެ. އަތިޔާ ވަނީ ސޯޝަލް މީޑިއާގައި ސުނިލްގެ ބެލްޓް ނެގިކަމަށް ބުނެ ބެލްޓް އަޅައިގެން ހުރެ ފޮޓޯއެއް ނަގައި އަޕްލޯޑް ކޮށްފައިއެވެ. މި ފޮޓޯ އަށް ރައްދު ދިނުމުގެ ގޮތުން ސުނިލް ބުނެފައިވަނީ "ޗޯރު" ނުވަތަ "ވަގު" ކަމަށެވެ.
އަތިޔާ ބޮލީވުޑް އަށް ތައާރަފްވީ 2015 ވަނަ އަހަރުގެ "ހީރޯ" އިންނެވެ. ނަމަވެސް ބޮލީވުޑް އިން އެނާ އަށް އުންމީދު ކުރިވަރާއި ގާތަށް ވެސް ކާމިޔާބެއް ނުލިބުނެވެ. ބައްޕަ ސުނިލް ކަހަލަ ކެރިއަރެއް އޭނާ އަށް ބިލްޑްއެއް ނުކުރެވުނެވެ. މިހާރު އަތިޔާ އަންނަނީ ކުޅޭނެ ފިލްމް އެއް ނުލިބޭ ލިސްޓްއަށެވެ. އެންމެ ފަހުން އޭނާ ފެނިގެން ދިއައީ 2019 ވަނަ އަހަރު "މޯތީޗޫރް ޗަކްނާޗޫރް" ކިޔާ ފިލްމް އަކުންނެވެ.
އެއްވެސް ފިލްމް އެއް ކުޅެން ނުލިބުމުގެ ސަބަބުން މިހާރު ކެރިއަރު އަޑިއަޅައިލައިފައިވާ ބަތަލާ މިދިއަ އަހަރު ވަނީ ކައިވެނި ކޮށްފައިއެވެ. ކްރިކެޓާ ކޭއެލް ރާހުލް އާއި އަތިޔާ ކައިވެނި މިދިއަ އަހަރު ޖެނުއަރީ 23 ގައިއެވެ.
ކޮމެންޓު ފޮނުވާ