ރަންބީރާއި ވިކްރާންތް އަށް ހިރާނީ ގެ ފިލްމްއެއް

ރަންބީރާއި ވިކްރާންތް އަށް ހިރާނީ ގެ ފިލްމްއެއް

Author
ފާތިމަތު ނާވީ
14 ނޮވެމްބަރ 2023 11:36
0

އަންނަ މަހު 22 ގައި ސިނަމާތަކަށް ގެންނަށް އިއުލާން ކޮށްފައިވާ ސްޕަސްޓާރު ޝަހުރުކް ހާންގެ ފިލްްމް "ޑަަންކީ" ގެ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ ދެން ހަދާ ފިލްމު ލީޑު ރޯލުތަކަށް ރަންބީރު ކަޕޫރާއި ވިކްރާންތު މަސީ ހަމަޖައްސައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި ހުނަރުވެރި ކާމިޔާބު ޑައިރެކްޓަރު ގެ ކުރިއަށް އޮތް ދެ ފިލްމް އަށް ވިކްރާންތަ މިހާރު ވަނީ ހަމަޖައްސައިފައިއެވެ. ވިކްރާތް އަކީ ވަރަށް ކުޅަދާނާ އެކްޓަރކެވެ. ފިލްމީ ދާއިރާ އާއި އެއްވެސް ގުޅުމެއް ނެތި މިދާއިރާއިން ކުރި ހޯދަމުން އަންނަ މަދު ތަރިންގެ ތެރޭގައި އޭނާ ހިމެނެއެވެ.

 

View this post on Instagram

 

A post shared by Vikrant Massey (@vikrantmassey)

އެ ދެ ފިލްމަށް ވިކްރާންތު ހަމަޖެއްސި ކަމަށް ވަނީ މިހާރު ސިނަމާގައި ދައްކަމުން އަންނަ އޭނާގެ އާ ފިލްމު "ޓުވެލްތު ފެއިލް"ގައި އޭނާ ދެއްކި އެކްޓިންނަށް ގިނަ ބަޔަކު ތައުރީފުކުރުމުންނެވެ. އޭނާ ގެ އެކްޓިންގ ހުނަރަކީ ގިނަބަޔަކު ވަރަށް ބޮޑަށް ބަލައިގަންނަ ހުނަރެކެވެ.

މިދެފިލްމް އިން އެއް ފިލްމްގައި ވިކްރާންތް ފެނިގެންދާނީ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު އާއި އެކުގައި ކަމަށް ވެއެވެ. ވިކްރާންތް ވަނީ ރަންބީރު ގެ ކުރީގެ ލޯބިވެރިޔާ ދީޕިކާ އާއި އެކުގައި މަސައްކަތް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

ރިޕޯޓްތައް ބުނީ އެ ދެ ފިލްމަކީ ވެސް ސްޓްރީމިން ޕްލެޓްފޯމަކަށް ތައްޔާރުކުރާ ފިލްމުތަކެއް ކަމަށެވެ. ނަމަވެސް، އެ ފިލްމުތައް ޑައިރެކްޓުކުރަނީ ހިރާނީއެއް ނޫނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.