ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ބަތަލާ ޕަރިނީތީ ޗޯޕްރާ މިހާރު ވަނީ އެނބުރި ގައުމަށް ގޮސްފައިއެވެ.
ޕަަރިނީތީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ވަނީ ވޯލްޑޯފް އެސްޓޯރިއާގައި އެވެ. ގައުމަށް އެނބުރި ގޮސް ޕަރިނީތީ އަންނަނީ މި ދަތުރުގެ ފޮޓޯ ތަށް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
އަދި މިއީ އެންމެ ކޫލް ތްރޯބެކް ކަން ފާހަގަ ކޮށް އޭނާ ވަނީ ދަތުރަކީ ވަރަށް ހާއްސަ ދަތުރެއް ކަމަށް ބުނެފައިއެވެ. މި ދަތުރުގައި ޕަރިނީތީ އާއި އެކުގައި ރާއްޖެ އައިސްފައިވަނީ އޭނާގެ މަންމަ އަދި މައިދައިތަ އާއި ވެސް އެކުގައިއެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގައި ކުލަ ހަދަ ހަފްލާއެއް ގައި ޕަރިނީތީ އާއި ރާގަވް ޗައްޑާ ކައިވެނި ކުރި ފަހުން ޕަރިނީތީ އަންނަނީ އެކި އެކި ގައުމު ތަކުގައި ޗުއްޓީ ހޭދަކުރަމުންނެވެ. ނަމަވެސް ދެމަފިރިން މިހާތަނަށް އަދި ހަނީމޫން އަށް ނުދާކަމަށް އޭނާ ވަނީ ބުނެފައިއެވެ.
ކޮމެންޓު ފޮނުވާ