"ޖަލަކް ދިކްލާ ޖާ" ގެ 11 ވަނަ ސީޒަން ދައްކަން ފަށައިފި

"ޖަލަކް ދިކްލާ ޖާ" ގެ 11 ވަނަ ސީޒަން ދައްކަން ފަށައިފި

ގުޅުންހުރި

ރިއަލިޓީ ޓީވީ ޝޯ "ޖަލަކް ދިކްލާޖާ" އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު ދައްކަން ފަށަައިފި.

"ޖަލަކް ދިކްލާ ޖާ" އަކީ އިންޑިއާގެ ސެލެބްރިޓީންނާ އެކީ ގެނެސްދޭ ޝޯއެކެވެ. އެގޮތުން މި އާ ސީޒަންގައި ވެސް މަޝްހޫރު އެކިއެކި ފަންނާނުން ހިމެނެ އެވެ. މީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ޝޯވ އެކެވެ.

"ޖަލަކް ދިކްލާޖާ 11″ ގެ ޖަޖުންނަކީ މަޝްހޫރު ކޮރިއޮގްރާފަރު ފަރާ ޚާނާއި މަލައިކާ އަރޯރާގެ އިތުރުން އެކްޓަރު އަރުޝަދު ވަރްސީ އެވެ. މީގެ ކުރިން މި ޝޯވ ގައި ތަފާތު ތަރިން ވަނީ ޖަޖުންގެ ގޮތުގައި ފެނިގެން ގޮސްފައިއެވެ.

ސެލެބްރިޓީންނާއި އެކުގައި ކުރިއަށް ގެންދާ މި ޝޯ ދައްކަނީ ކަލާސް ޓިވީންނެވެ. ޝޯ ޕްރީމިއާކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެރޭ ރާއްޖެ ގަޑިން 9:00 ގަ އެވެ. މި ޝޯވ ގައި ވެސް ބެލުންތެރިންގެ މެދުގައި މަގުބޫލު ފަންނާނުން ވާދަ ކޮށްފައި ވެއެވެ.

އެގޮތުން ކާޖޮލްގެ ކޮއްކޮ ތަނީޝާ މުކަރްޖީ އާއި ޓީވީ ތަރިން ކަމަށްވާ ވިވެކް ދަހިޔާ، އާމިރު އަލީ ޝިވާންގީ، އަންޖަލީ އާނަންދު، ޝިވް، ތާކްރޭ، ޝުއައިބް އިބްރާހީމް، އުރްވަޝީ ދޮލާކިއާ، ކަރޫނާ ޕާންޑޭ، އަދުރިޖާ ސިންހާގެ އިތުރުން ލަވަކިޔުންތެރިޔާ ސްރީރާމާ ޗަންދުރާ އާއި އަންހެން ރެސްލިން ތަރި ސަންގީޕާ ޕޯގަޓް ހިމެނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ