އިސްރާއީލުން ހިފާފައިވާ އިރުމަތީ ޖެރޫސެލަމްއަށް ހަމަލާ ދޭން ފަށައިފި

އިސްރާއީލުން ހިފާފައިވާ އިރުމަތީ ޖެރޫސެލަމްއަށް ހަމަލާ ދޭން ފަށައިފި

Author
ހުސެއިން
10 ނޮވެމްބަރ 2023 07:31
0

އިސްރާއީލުން، ހިފާފައިވާ އިރުމަތީ ޖެރޫސެލަމްއަށް ހަމަލާ ދޭން ފަށައިފިއެވެ.

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ބުނި ގޮތުގައި މި އޮޕަރޭޝަނުގައި މިހާރުވަނީ އެކަކު ވަނީ ހައްޔަރުކޮށްފައި ކަމުގައެވެ. ވަފާއިން ބުނެފައިވަނީ އެ މީހާ ހިފެހެއްޓުމުގެ ކުރިން އޭނާގެ ވެހިކަލްގައި އިންދާ އިސްރާއީލު ސިފައިން އެމީހާއަށް "އަނިޔާކުރި" ކަމަށެވެ.

އިޒްރޭލު ސިފައިން ވަނީ ހިޒްބުމާ އަވަށުގެ ބައެއް ގެތަކަށް އަމާޒުކޮށް ކަރުނަ ގޭސް ޖަހައި ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ވަފާ ނިއުސް އެޖެންސީން ބުނެފައި ވެއެވެ.

އިރުމަތީ ޖެރޫސެލަމްއަކީ އެ ތަނުގައި މާތްވެގެންވާ އަޤަސާ މިސްކިތް ހުރުމުގެ އިތުރުން ފަލަސްތީނުގެ މިނިވަން ދައުލަތެއްގައި އެގައުމުގެ ވެރިރަށުގެ ގޮތުގައި ދައުވާ ކުރަމުންދާ ތަނެވެ.

ޔޫއެންއިން ބުނެފައިވަނީ ގާޒާގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 243 މީހުން ޝަހީދުވެފައިވާ ކަމުގައެވެ. އަދި އިސްރާއީލުގެ 2 ސިފައިން މަރުވެފައިވާކަމަށްވެސް ޔޫއެންއިން ބުނެފައިވެއެވެ.

ފާއިތުވި އިކްޓޯބަރުމަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރައީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 10،000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 4،000 އަށްރުގެ ގިނަ ކުޑަކުދިން ހިމެނެއެވެ. އިސްރާއީލުން މަރުވެފައިވަނީ 1،400 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.