ބޮލީވުޑް އެކްޓަރު ވިކީ ކޯޝަލް، އޭނާގެ ދެވަނަ ބައޯޕިކް "ސޭމް ބަހާދޫރު" ގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
މި ފިލްމުގައި ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ ކުޅެފައި ވަނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ދުވަސްވަރު އިންޑިއާގެ އަސްކަރިއްޔާގެ ވެރިޔާގެ މަގާމުގައި ހުރި ސޭމް ބަހާދޫރްގެ ރޯލެވެ.
މި ފިލްމަކީ ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ މުހިއްމު ރޯލެއް ކުޅުނު 2018 ގެ ކާމިޔާބު ވަތަނީ ފިލްމު "ރާޒީ" ގެނެސްދިން މެގްނާ ގުލްޒާރު ޑައިރެކްޓްކޮށްފައިވާ ބައޮގްރަފިކަލް ޕީރިއަޑް ފިލްމެކެވެ. އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ދީޕިކާ ޕަދްކޯންގެ 2020 ގެ "ޗަޕާކް" އެވެ.
ވިކިގެ ފުރަތަމަ ބައޯޕިކް އަކީ "ސަރުދާރު އުދަމް ސިންގް"އެވެ. އެ ފިލްމަކީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތްކުރި އުދަމް ސިންގްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.
"ސޭމް ބަހާދޫރު" އިން އިންދެބަތަލާ އަކު ފެނިގެން ދާނެއެވެ. އެއީ ފާތިމާ ސަނާ ޝައިހާއި ސާންޔާ މަލްއުތުރާ އެވެ. މީ ދެތަރިން އެކުގައި ކުޅޭ ދެވަނަ ފިލްމްއެވެ. މިދެތަރިން ނަކީ އެކުގައި ބޮލިވުޑްއަށް ނުކުތް ދެތަރިންނެވެ. އެއީ 2016 ގެ "ދަންގަލް"އިން އާމިރު ހާންއާއި އެކުގައެވެ.