މަޝްހޫރު މަލަޔާޅަމް އެކްޓަރު މޯހަންލާލްގެ ފިލްމު "ރުޝާބާ" އިން ބޮލީވުޑްއަށް ތައާރަފް ވުމަށް ތައްޔާރު ވަމުން އަންނަ ކުރީގެ އެކްޓަރު ސަންޖޭ ކަޕޫރު ގެ ދަރިފުޅު ޝަނަޔާ ކަޕޫރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
އުމުރުން 22 އަހަރުގެ ޝަނާޔާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ފުށިފަރު މޯލްޑިވްސްގަ އެވެ. މިއީ އޭނާ ރާއްޖެ އައި ދެވަނަ ފަހަރެވެ. މި އަހަރުގެ މާޗް މަހުގައިވެސް އޭނާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިއެވެ.
އޭނަގެ ފުރަތަމަ ފިލްމުގެ ގޮތުގައި އިއުލާންކުރީ ދަރުމާގެ 2021 ގެ "ބޭދަޅަކް" އެވެ. ކާސްޓްގައި ލަކްޝް ލަލްވާނީ އާއި ގުރްފަތޭ ޕިރުޒާދޭ ހިމެނޭ ގޮތަށް އިއުލާންކުރި މި ފިލްމަކީ ޑައިރެކްޓަރު ޝިޝާންކް ކައިތާންގެ އެއްޗެކެވެ. ނަމަވެސް "ބޭދަޅަކު" އޮތީ ހުއްޓިފަ އެވެ. މިއާ ބެހޭ އެއްވެސް މައުލޫމާތެއް ފަހުން ދަރުމާ އިން ނުދެ އެވެ.
މީޑީއާއިން ބުނާ ގޮތުގައި ޝަނާޔާ ގެ ލޯބިވެރިއަކީ ކަރަން ކޮތާރިއާ އެވެ. ނަމަވެސް އެމީހުން އެކުގައި ނަގައިފައިވާ ފޮޓޯއެއް މިހާތަނަށް ސޯޝަލް މީޑިއާގައި ހިއްސާ ނުކުރި ނަމަވެސް ވަކި ވަކި ފޮޓޯ ތަކުން އެމީހުން ތިބީ އެކުގައިކަމަށް އަޅާ ކިއުމުން އެނގިފައިވާ ކަމަށް މީޑިއާއިން ވަނީ ބުނެފައިއެވެ.
ކޮމެންޓު ފޮނުވާ