ހަނގުރާމަ ހުއްޓާ ނުލައިފިނަމަ ދުނިޔެ އިސްރާއީލާ ދެކޮޅުވެދާނެ: ނަޝީދު

ހަނގުރާމަ ހުއްޓާ ނުލައިފިނަމަ ދުނިޔެ އިސްރާއީލާ ދެކޮޅުވެދާނެ: ނަޝީދު

Author
ހުސެއިން
08 ނޮވެމްބަރ 2023 06:24
0

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އިންސާނިއްތާއި ޚިލާފު ޖަރީމާތައް ހުއްޓާލާ، މިހާރުން މިހާތަށް ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ބޮމުގެ ހަމަލާ ދޭންފެށިތާ މަހެއްހާ ދުވަސް ފާއިތިވެދިޔަ ފަހުން ނަޝީދު ކުރި ޓުވީޓުގައި ވިދާޅުފައިވަނީ، އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައާއި މުޅި ދުނިޔެ ދެކޮޅު ކަމަށާއި، އެގައުމުން ކުރިޔަށް ގެންދާ ބޮމުގެ ކެމްޕެއިން ހުއްޓާ ނުލާއިފިނަމަ، މުޅި ދުނިޔެ އިސްރާއީލާއި ދެކޮޅުވުމުގެ ފުރުސަތު އޮތް ކަމުގައެވެ. އަދި ނަޝީދު ވިދާޅުވީ އިސްރާއީލުގެ ސިޔާސަތުތަކާއި ދެކޮޅަށް ދުނިޔޭގެ ގައުމުތަކުގެ ފިކުރު އިއާދަ ނުކުރެވޭ މިންވަރަށް ބަދަލު ވެގެން ހިގައިދާނެ ކަމުގައެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ އިންސާނިއްތާ ޚިލާފު ޖަރީމާތައް ކުށްވެރިކޮށް، ފާއިތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ދުނިޔޭގެ 7 ގައުމަކުން އިސްރާއީލާއެކީ އޮތް ސިޔާސީ ގުޅުން ވަނީ ކަނޑާލާފައެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކަށް 1 މަސް ފުރިގެންދިޔައިރު، ދުނިޔޭގެ ގިނަ ގައުމުތަކުން ބުނަމުންދަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދަނީ ބޮޑު ގަތުލުޢާންމެއް ކަމުގައެވެ. އަދި ދުނިޔޭގެ ބައެއް ގައުމުތަކުން ވަނީ މި ގަތުލުއާންމު ކުށްވެރިކޮށް، އިސްރާއީއެކީ ދަމަހައްޓަމުންދާ ސިޔާސީ ގުޅުންވެސް ކަނޑާލާފައެވެ.

މިގޮތުން އިސްރާއީލުގައިވާ އެގައުމުތަކުގެ ސަފީރުން އަނބުރާ ގެންގޮސްފައިވާ ގައުމުތަކުގެ ތެރޭގައި ބަހުރެއިން، ޗާޑު، ޗިލީ، ބޮލީވިއާ، ކޮލޮމްބިއާ، ހޮންޑޫރާސް، އުރުދުން، ދެކުނު އެފްރިކާ އަދި ތުރުކީ ހިމެނެއެވެ.

އޭގެ އިތުރުން އިނގިރޭސިވިލާތުގެ ލޭބަރ ޕާޓީގެ މަޖިލިސް މެމްބަރު އިމްރާން ހުސެއިންވަނީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އިންސާނިއްޔަތާއި ޚިލާފް ޖަރީމާތައް ކުށްވެރިކޮށް، ޕާޓީގެ އިސް މަގާމުން އިސްތިއުފާ ދީފައެވެ. އޭނާއަކީ ޔޫކޭ ގާނޫނުހަދާ މަޖިލިހުގެ ލޭބަރ ޕާޓީގެ ފަރާތުން އެމްޕްލޮއިމަންޓް ރައިޓްސް އެންޑް ޕްރޮޓެކްޝަން މިނިސްޓްރީ ޝެޑޯ ކުރައްވަމުން ގެންދަވާ މެމްބަރެވެ.

އޭގެ އިތުރުން ޔޫއެންއާއި ދުނިޔޭ އިތުރު އެތައް ގައުމަކުން ދަނީ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް، އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށްވެސް ގޮވާލާފައެވެ. އެހެންނަމަވެސް އިސްރާއީލުންވަނީ ބޮމުގެ ހަމަލާތައް ހުއްޓާލުމަށް ދެކޮޅު ހަދާފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 10،000 އަށްވުރެ ގިމަ މީހުންވަނީ ޝަހީދު ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވ
ދުނިޔެ ދެކޮލު.ވިޔަސ ނަސެެދު ދެކޮޅެއްނުވާނެ. އިޒުރޭލު އިގެރޭސިވިލާތް އެމެރިކާޔާ