އިޤްތިޞާދީ ދުވެލި މަޑުޖެހިފައި ހުރި ބޮޑެތި ކަންކަމަށް މަޤާމުގެ ހުވާ ކުރެއްވުމުގެ ކުރިންވެސް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހައްލު ހޯއްދަވައި ދެއްވަމުން ގެންދަވާތަން ފެންނަކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިމަހުގެ 6 އިން 7އަށް ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހުމާއި ގުޅިގެން އެކަމަށް ތަޢުރީފް ކުރައްވާ ކުރެއްވި ޓްވީޓްގައެވެ.
ޝިޔާމް ވިދާޅުވ ީމަޤާމުގެ ހުވާ ކުރެއްވުމުގެ ކުރިންވެސް އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ފެންނަނީ، ޤައުމުގެ އިޤްތިޞާދީ ދުވެލި މަޑުޖެހިފައި ހުރި ބޮޑެތި ކަންކަމަށް ހައްލު ހޯއްދަވާ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާތަންކަމަށެވެ.
– ޝިޔާމް ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް ޑރ. މުއިއްޒު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅާއި ގުޅޭގޮތުން އިންތިގާލީ ތަރުޖަމާޏް މުހައްމަދު ފިރުޒުލް ވިދާޅުވީ އެދަތުރުފުޅަކީ އެމަނިކުފާނުގެ ނުރަސްމީ ދަތުރުފުޅަކަށް ވީނަމަވެސް، އެމަނިކުފާނުގެ ދަތުރުފުޅުގެ އެންމެހާ ކަންކަން ޔޫއޭއީ ސަރުކާރުން ހަމަޖައްސަވާ ދެއްވާފައިވާކަމަށެވެ.
އަދި އެމަނިކުފާނުގެ މިދަތުރުފުޅުގައި ޔޫއޭއީގެ ސަރުކާރާއިއެކު ބައްދަލުވުމެއް ބޭއްވި ކަމަށާއި، މިބައްދަލުވުމުގައި އެއާޕޯޓް މަޝްރޫޢު ނިންމުމަށް ބޭނުންވާ ފަންޑު ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންނެވިކަމަށެވެ. މިފައިސާ އަބޫދާބީ ފަންޑުން ހަމަޖައްސަވާ ދެއްވާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް ޑރ. މުއިއްޒުގެ ވަރަށް ބޮޑު އުންމީދެއް އަދި ތަސައްވަރެއް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް މަޝްރޫއު ނިންމުން އަވަސް ކުރުން. އެއީ އިޤްތިޞާދީ ކުރިއެރުމަށްވެސް މުހިންމު ކަމެއް. އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ 2024 ވަނަ އަހަރުގެ ޕީކް ސީޒަންއަށް އެއާޕޯޓްގެ ފުރިހަމަ ޓާމިނަލް ބޭނުން ކުރެވޭނެ ގޮތެއް ހެދުން. އެކަން ހަމަޖެއްސުމަށް ޔޫއޭއީން މިލިބުނު އެހީއާއިއެކު ހާސިލް ވެގެންދާނެ.
– ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ މިމަސައްކަތުގައި ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އަދި ޑިޒައިންތަކަށް ގެނައި ބަދަލުގެ ސަބަބުން މަސައްކަތުގެ އަގު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައިކަމަށެވެ. އެގޮތުން މިމަސައްކަތަށް 79.80 މިލިޔަން ޑޮލަރު އިތުރަށް ބޭނުންވާކަމަށެވެ. މިފައިސާ 80 މިލިޔަން ރުފިޔާ، (1.2 ބިލިޔަން ރުފިޔާ) ހަމަޖައްސަވާ ދެއްވާނެ ކަމުގެ ޔަގީންކަން ޑރ. މުއިއްޒަށް ދެއްވާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ހުރިހާ ސިނާޢަތަކަށްވެސް އެންމެ މުހިއްމު އެއްކަމަކީ މަޑުޖެހިފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް އަވަހަށް ނިމިގެން ދިޔުންކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިންތިޤާލީ މަރުޙަލާގެ ކަންކަން ކުރިއަށްގެންދާ ކޮމިޓީތަކުން އެއްކުރެވިފައިވާ މަޢުލޫމާތުތަކުން ދައްކާގޮތުން މިމަސައްކަތް މިހާރު ކުރިއަށްދާ ޝެޑިއުލްގެ ދަށުން ނިންމާލެވޭނެކަމަށް ލަފާކޮށްފައިވަނީ 2025 އަހަރުގެ ޖުލައިމަހުކަމަށް އިންތިޚާބީ ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.
One Response
ޝިޔާމު އަކީ ވާޖަހައިގެން އުޅުއްވައި ބޭފުޅެއް އަބަދުވެސް ޚުސާމިދު ކުރުންނޫން އެހެއް ކަމެއް ނޯވޭ