ދަރިފުޅު ނު ފޮރުވަން: އާލިއާ

ދަރިފުޅު ނު ފޮރުވަން: އާލިއާ

Author
ފާތިމަތު ނާވީ
09 ނޮވެމްބަރ 2023 05:52
0

އެއްވެސް ބަޔަކަށް ދަރިފުޅު ނުދައްކާ  ފޮރުވައިގެން އުޅެނީ ނޫން ކަމަށާއި ނަމަވެސް އެއްވެސް ބޭނުމެއް ނެތް ސަމާލު ކަމެއް އެވަރުގެ ކުއްޖަކަށް ލިބުމަކީ މުހިންމުކަމެއް ކަމަށް ނުދެކޭ ކަމަށް ބަތަލާ އާލިއާ ބަޓް ބުނެފިއެވެ.

މިމަހުގެ 6 ވަނަ ދުވަހުގައި 1 އަހަރު ފުރުން ދަރިފުޅާއި ބެހޭގޮތުން ވާހަކަ ދައްކަމުން އާލިއާ ބުނީ ދަރިފުޅު ފޮރުވައިގެން ނޫޅޭ ކަމަށެވެ. އަދި އެކުއްޖާގެ މޫނު ދައްކަން ބޭނުން ނުވަނީ ނޫން ކަމަށާއި ނަމަވެސް އެހާ ތުއްތު އިރުގައި އެކުއްޖާއަށް ސަމާލުކަން ލިބެން ބޭނުން ނުވަނީ ކަމަށް އާލިއާ ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by shipper girl (@ranlia_shipper)

އާލިއާ އާއި ރަންބީރު 2022 ގައި ކުރި ކައިވެނިން އެދެމަފިރިން ނަށް ލިބުނު ފުރަތަމަ ދަރިފުޅު ރާހާ ކަޕޫރަށް އަހަރެއް ފުރުނު އިރު، މިހާތަނަށް އެ ކުއްޖާގެ މޫނު މީޑިއާތަކަށް ދައްކައިފައެއް ނުވެ އެވެ. އެހެން ގިނަ ބަޔަކު ބުނަމުން އަންނީ ރަހާ ފޮރުވައިގެން އުޅޭ ކަމަށެވެ.

އާލިއާ ބުނީ ރަހާ އަކީ އަދި ހަމަ ވަރަށް ތުއްތު ކުއްޖެއް ކަމަށެެވެ. އެ އެހެންކަމުން ޕަޕަރާޒިންގެ ކެމެރާތަކުގެ ލެންސް ދަރިފުޅަށް ފޯކަސްވާން ބޭނުން ނުވާ ކަމަށާއި  ސަމާކުލަން ހޯދުމަކީ ހަގީގަތުގައި އެހާ ތުއްތު ކުއްޖަކަށް މުހިއްމު ކަމެއް ނޫން، ކަމަށް އޭނާ އާއި ރަންބީރު ގަބޫލު ކުރާ ކަމަށެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

މި އަހަރު ނެޝަނަލް އެވޯޑް ވެސް ލިބުނު ބަތަލާ ބުނީ މީޑިއާތަކަށް ފެންނަން ވަގުތު ޖެހުނީމަ އެކަން ވާނެ ކަމަށެވެ. އަދި ދަރިއަކު ހިމާޔަތްކޮށް، ރައްކާތެރި ކުރުމަކީ ކޮންމެ ބަޔަކު ވެސް ކުރާނެ  އަދި ކުރަން ޖެހޭނެ ކަމެއް ކަމަށް އާލިއާ ވަނީ ބުނެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.