ޝާހު އާއި އެކުގައި މަސައްކަތް ކޮށްލުމަކީ އުންމީދެއް: ފާތިމާ

ޝާހު އާއި އެކުގައި މަސައްކަތް ކޮށްލުމަކީ އުންމީދެއް: ފާތިމާ

Author
ފާތިމަތު ނާވީ
11 ނޮވެމްބަރ 2023 12:32
0

ބޮލީވުޑްގެ ސްޕަސްޓާރު ޝާހުރުކް ހާން އާއި އެކުގައި މަސައްކަތް ކުރުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް ބަތަލާ ފާތިމާ ސަނާ ޝެއިހް ބުނެފި އެވެ.

31 އަހަރުގެ ބަތަލާ ބުނީ ޝާހްރުކް، 57، އާ އެކީ މަސައްކަތް ކުރުމަކީ ބަކެޓް ލިސްޓުގައި ހިމެނޭ ކަމެއް ކަމަށާއި އެކަމުގެ އުންމީދު ގައި ހުރި ކަމަށެވެ. އަދި އެދުވަހަކަށް ވަރަށް އިންތިޒާރު ކުރެވޭ ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.

ފާތިމާ ބުނީ އޭނާ ގެ އުންމީދަކީ ކޮންމެސް ދުވަހަކުން އެ ފުރުސަތު ލިބޭނެ ކަމެއް ކަމަށާއި އެހެންވެ އެކަމުުގެ އިންރިޒާރުގައި ހުރި ކަމަށެވެ. އަދި އެ އުންމީދު ގިނަ ދުވަސްތަކެއް ނުވެ ހާސިލު ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފައިއެވެ.

2016 ގެ ފިލްމު "ޑަންގަލް" އިން މަޝްހޫރުވި ބަތަލާ އާއި އެ ފިލްމް ގެ ލީޑު ތަރި ސްޕަސްޓާރު އާމިރު ހާން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށްވެސް މީޑީއާއިން އަންނަނީ ބުނަމުންނެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

ކުރިއަރަމުން އަންނަ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 13 ގައި ރިލީޒްކުރި "ދަކް ދަކް" އެވެ. ފާތިމާގެ ކުރިއަށް އޮތް ފިލްމަކީ އޭނަ އިންޑިއާގެ ކުރީގެ ބޮޑުވަޒީރުގެ ރޯލު ކުޅުނު އެކްޓަރު ވިކީ ކޯޝަލްގެ "ސޭމް ބަހާދޫރު" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.