އޭސީސީ އިން އާބަންކޯއަށް ވަދެއްޖެ

އޭސީސީ އިން އާބަންކޯއަށް ވަދެއްޖެ

Author
ހުސެއިން
07 ނޮވެމްބަރ 2023 05:23
0

ތަހުގީގު ކުރަމުން އަންނަ މައްސަލަތަކާއި ގުޅިގެން އޭސީސީން އާބަންކޯއަށް ވަދެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން އާބަންކޯއަށް ވަދެފައިވަނި އެމުވައްސަސާއިން ތަހުގީގު ކުރަމުންއަންނަ ބިމުގެ މައްސަލަތަކަކާއި ގުޅޭގޮތުންނެވެ.

އޭސީސީން މީގެކުރިންވަނީ ހުޅުމާލޭގެ ބިންތަކެއް ކުއްޔަށް ދިނުން މަޑުޖައްސާލަން އާބަންކޯއަށް އަންގާފައެވެ. ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އޭސީސީ އިން އާބަންކޯ އަށް ވަދެފައިވަނީ، ބިމުގެ މުއާމަލާތްތައް މަޑުޖައްސާލަން އަންގާފައި ވަނިކޮށް އެކަން ކުރިއަށް ގެންދާ ކަމަށް ބެލެވިގެންނެވެ.

ހުޅުމާލެއިން ދިގުމުއްދަތަކަށް ބިން ކުއްޔަށް ދިނުމަށް ނުވަތަ ވިއްކާލުމުގެ މުއާމަތާތްތައް މަޑު ޖައްސާލުމަށް އޭސީސީން އަންގާފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެގޮތުން އޭސީސީން އާބަންކޯއަށް އަންގާފައިވަނީ ފަސްކަމެއް ކުރުން ހުއްޓާލުމަށެވެ. އަދި ބުނެފައިވަނީ މިއީ ވަގުތީ ފިޔަވަޅުތަކެއް ކަމުގައެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ބޭރުގެ ފަރާތްތަކަށް ހުޅުމާލެއިން ބިން ދިނުމާ ގުޅޭ ކަންކަން
  • އީއޯއައި ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަންކަން
  • ދިގު މުއްދަތަކަށް ބިން ކުއްޔަށް ދިނުމާއި ބިން ވިއްކުމާ ގުޅޭ މުއާމަލާތްތައް
  • ޖޮއިންޓު ވެންޗާ އުސޫލުން ކުރިއަށް ގެންދާ ކަންކަން
  • މަޝްރޫއުތަކާއި ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުން

އިންތިޚާބީ ރައީސްގެ އޮފީހުންވެސް ވަނީ އިންތިގާލީ މަރުހަލާގައި އާބަންކޯއިން ހުޅުމާލޭގެ ބިންތަކާގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމުގެ މަސައްކަތްތަކެއް ކުރަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއޮފީހުން ބުނެފައިވަނީ އާބަންކޯގެ އެކި މުއާމަލާތްތަކަކާއި ގުޅޭ 40 ކަމެއް އެ ކުންފުނީގެ ދެން އޮންނަ ބައްދަލުވުމަކަށް އެޖެންޑާ ކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.