ކުރިއަށް އޮތް ތަނުގައި ވެސް ފިލްމުތަކުން ފެނިދާނެ: ރާޖް

ކުރިއަށް އޮތް ތަނުގައި ވެސް ފިލްމުތަކުން ފެނިދާނެ: ރާޖް

Author
ފާތިމަތު ނާވީ
11 ނޮވެމްބަރ 2023 09:09
0

ކުރިއަށް އޮތް ތަނުގައި ވެސް ފިލްމުތަކުން ފެނިދާނެކަމުގެ އިޝާރާތެއް، އިންޑިއާގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ދީފި އެވެ.

ރާޖްގެ އަލަތު ފިލްމް "ޔޫޓީ 69″ މިހާރު ސިނަމާގައި އޮތް އިރުގައި މި ފިލްމް އަކީ ބައޯޕިކްއެވެ. މި ފިލްމް ބިނާވެފައިވަނީ އޭނާ ބަރަހަނާ ވީޑިއޯ ހަދައި އެ ވިއްކި މައްސަލައިގެ ތުހުމަތުގައި ޖަލުގައި ހޭދަކުރި އިރު ދިމާވި ކަންތަށްތަކުގެ މައްޗަށެވެ.

މި ފިލްމަކީ ބަރަހަނާ ފިލްމު ހަދައި އޭފެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ރާޖް ހައްޔަރުކޮށް ޖަލުގައި ހޭދަކުރި 63 ދުވަހަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ.

މި ފިލްމް އާއި އެކުގައި ބޮލީވުޑަށް ނުކުމެފައިވާ ރާޖް ބުނީ "ޔޫޓީ 69″ ގެ ޓްރެއިލާ ބަލާފައި އަންހެނުން ޝިލްޕާ ވެސް ވަރަށް ހިތްހަމަޖެހުނު ކަމަށެވެ. އަދި އަދި އޭނަގެ އެކްޓިން ވަރަށް ރަނގަޅުކަން ޝިލްޕާ ފާހަގަކުރި ކަމަށް ވެސް ވަނީ ބުނެފައިއެވެ.

ނަމަވެސް ޝިލްޕާގެ ކިތަންމެ ތައުރީފެއް ލިބުން ކަމުގައި ވީނަމަވެސް މި ފިލްމް އަކީ ކްރިޓިކްޓުންގެ ވަރަށް ބޮޑު ފާޑުކިއުން އަމާޒުވި ފިލްމް އަކަށެވެ. އެމީހުނަށް ފިލްމް އެހާ ކަމަކު ނުދިއައެވެ.

މި ފިލްމަށް ފަހުން، އިތުރު ފިލްމުތަކުން ފެނިދާނެތޯ އެހުމުން ރާޖް ބުނީ ނޫނެކޭ ނުބުނާނެ ކަމަށެވެ. ރާޖް ބުނި "ޔޫޓީ 69″ އަކީ އެއަށް ތައްތާރުވުމުގެ ގޮތުން ވަރަށް ބޮޑަށް އެކްޓިން ވޯކްޝޮޕްތަކެއް ވެސް ބާއްވައި އެންމެ 19 ދުވަހުން ޝޫޓްކުރި ފިލްމެއް ކަމަށެވެ. މީގެ އިތުރުން އޭނާ އިނގިރޭސި ވިލާތުގައި ވެސް އުމުރުން 18 އަހަރުގައި ވަނީ އެކްޓިންގެ ކޯސްތަކެއް ފުރިހަމަ ކޮށްފައިއެވެ.

ރާޖްގެ ޖަލު ދުވަސްތައް ދައްކުވައިދޭ ފިލްމު "ޔޫޓީ 69″ ގެ ޑައިރެކްޓަރަކީ ޝާހްބާޒް އަލީ އެވެ. މީގެ ސްކްރީންޕްލޭ ލިޔުނީ ވިކްރަމް ބަޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.