ތާރާ ހުރީ ހުސްކޮށް

ތާރާ ހުރީ ހުސްކޮށް

Author
ފާތިމަތު ނާވީ
08 ނޮވެމްބަރ 2023 07:06
0

ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ތާރާ ސުތާރިއާ މިހާރު ހުރީ ހުސްކޮށް ކަމަށާއި އެއްވެސް މީހަކާ ޑޭޓެއް ނުކުރާ ކަމަށް ބުނެފިއެވެ.

ތާރާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އާދަރް ޖެއިން އާއިއެވެ. އެއީ ބޮލީވުޑްގައި ނުފޫޒު ގަދަ އާއިލާ އެއް ކަމުގައިވާ ކަޕޫރު އާއިލާއަށް ނިސްބަތްވާ ކުއްޖެކެވެ. އެގޮތުން ބަތަލާ ކަރީނާ ކަޕޫރު ހާން އަދި އޭނާގެ ދައްތަ ކަރިޝްމާ ކަޕޫރު އަކީ އާދަރްގެ ކަޒިންއިންނެވެ.

 

View this post on Instagram

 

A post shared by TARA💫 (@tarasutaria)

2021 ހިސާބުގައި މި ދެމީހުންގެ ލޯބީގެ ވާހަކަ ވަރަށް ބޮޑަށް ދެކެވި ނޫސްތަކުގެ ފަލަ ސުރުހީ ތަކުން ޖާގަ ހޯދިއެވެ. އަދި ހަމަ އެހެންމެ ދެމީހުން އެކުގައި ބޭރުތެރެއިން ވެސް ވަރަށް ގިނައިން ވަނީ ފެނިގެން ގޮސްފައިއެވެ. އަދި ޗުއްޓީ އަށް ގައުމުން ބޭރަށްވެސް ދެމީހުން ވަރަށް ގިނައިން އެ މުއްދަތުގައި ގޮސްފައި ވެއެވެ. ރާއްޖެ އަކީ އެމީހުން ޗުއްޓީއަށް އެކިފަހަރު މަތިން ޒިއާރަތް ކުރި ގައުމެކެވެ.

ތާރާ، 29، އާއި އާދާރު، 29، ގެ ލޯބީގެ ގުޅުން ނިމުމަކަށް އައި ކީތްވެގެން ކަމެއް ހާމަ ނުކުރި ނަމަވެސް އެމީހުން ގެ ލޯބީގެ ގުޅުމުގައި މިހާރު ފުލުސްޓޮޕް ޖެހިފައިވާ ކަމަށް ތާރާ ވަނި ކަށަވަރު ކޮށްދީފައިއެއެވެ. މިވާހަކަތަށް ދެކެވޭ ދަނޑިވަޅުގައި ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނަ އާއު ކާތިކް އާރިއަން މިހާރު އުޅެނީ ރައްޓެހިވެގެންނެވެ.

އެކްޓަރަކަށް ވިޔަސް އާދަރް އަކީ މިހާތަނަށް ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ މީހެކެވެ. އާދާރުގެ ފުރަތަމަ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ 2017 ގެ "ގައިދީ ބޭންޑް" އެވެ.

އަނެއްކޮޅުން ތާރާ އަށްވެސް މިހާތަނަށް ފާހަގަ ކޮށްލެވޭ ފަދަ ކާމިޔާބީއެއް ހޯދިފައިއެއް ނުމެވެއެވެ. ތާރާ ބޮލީވުޑަށް ނުކުތީ 2019 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ 2″ އިންނެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 15 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ "އަޕޫރްވާ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.