ޖާންވީ އާއި ސިދާތް އަށް ފިލްމްއެއް

ޖާންވީ އާއި ސިދާތް އަށް ފިލްމްއެއް

Author
ފާތިމަތު ނާވީ
11 ނޮވެމްބަރ 2023 08:07
0

ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމުގައިވާ ސިދާތް މަލޯތްރާ އާއި ޖާންވީ ކަޕޫރު އެކީގައި ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެހެން ވެއްޖެނަމަ މި ފިލްމް ވެގެންދާނީ މި ދެތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމް އަށެވެ. މީޑިއާތަކުން ބުނީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ތުޝާރު ޖަލޯޓާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ތުރިލާއެއް ކަމަށެވެ.

 

View this post on Instagram

 

A post shared by Sidharth Malhotra (@sidmalhotra)

ރިޕޯޓްތައް ބުނާ ގޮތުން ތުރިލާއެއް ހަދަން ތުޝާރު ޕްލޭންކުރާތާ ދުވަސްތަކެއްވެފައިވާ އިރު، މިހާރު ވަނީ ސްކްރިޕްޓްގެ މަސައްކަތް ނިންމާ ތަރިންނާއި ހިއްސާ ކޮށްފައިއެވެ. މި ފިލްމްގެ މަސައްކަތް އަންނަ އަހަރު ދެބައި ވުމުގެ ކުރިން ނިންމުމަށް މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ.

ތުޝާރަކީ މިދިޔަ އަހަރު ގެނެސްދިން އަބީޝެކް ބައްޗަންގެ ކާމިޔާބު ސޯޝަލް ކޮމެޑީ "ދާސްވީ" ގެ ޑައިރެކްޓަރެވެ. 2022 ވަނަ އަހަރުގެ "ދަސްވީ" އަކީ ވަރަށް ކާމިޔާބު ފިލްމްއެކެވެ. ލީޑުން އަބިޝޭކް ބަޗަން އާއި ޔަމީ ގޯތަމް އަދި ނިމްރަތް ކޯރު ފެނިގެން ދިއަ މި ފިލްމް ގެ ކާމިޔާބީ އާއި އެކުގައި ފިލްމްގެ ދެވަނަ ބައެއް އުފެއްދުމަށް ވެސް ވަނީ ނިންމައިފައިއެވެ.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

ސިދާތް އެންމެ ފަހުން ފެނިގެންދިއައީ ފިލްމް "މިޝަން މަޖުނޫ" އިންނެވެ. ބަތަލާ ކިއާރާ އަދުވާނީގެ ފިރިމީހާ ސިދާތު ކުރިއަށް އޮތް ފިލްމް އަކީ "ޔޯދާ"އެވެ. ޖާންވީ ބޮލީވުޑްއަށް ނުކުތީ 2018 ވަނަ އަހަރު "ދަޅަކް" އިންނެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިއައީ "ބަވާލް" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.